މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން ތަހުނިޔާ ފޮނުއްވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 5 ގަޑިއިރު ކުރިން - 1 ސެޕްޓެންބަރު 2025 10:56
ރައީސް މުއިއްޒުގެ ދެކަނބަލުން: ފޮޓޯ/ އިންޓަނެޓް---
ރައީސް މުއިއްޒުގެ ދެކަނބަލުން: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ރާއްޖޭގައި ގައުމީ މާމަ ކާފަ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު.

ގައުމީ މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ތަހުނިޔާ ފޮނުއްވައިފި އެވެ.

މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ލޯތްބާއި ކުލުނު އާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަހުމަތެއް ކަމަށެވެ. މި އުފާވެރި ދުވަހު އެމަނިކުފާނުގެ ހިތުގެ އިހްލާސްތެރި ހެޔޮ ދުއާތައް ވަނީ ދިވެހި ކޮންމެ މާމައަކާއި ކާފަޔަކާއެކުގައިކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފޮނުއްވި މެސެޖުގައި އެކަމަނާ ވިދާޅުވެފައިވަނީ، އާއިލީ ގުޅުންތައް ދަމަހައްޓައި، ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ މުޖްތަމައެއް ބިނާކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ނުހަނު ބޮޑުކަމަށެވެ. އަދި އެކަމަނާގެ ހިތުގެ އިހްލާސްތެރި ހެޔޮ ދުއާތަކާއެކު، މި އުފާވެރި ދުވަހުގެ ހެޔޮ އެދުންތައް ދިވެހި މާމައިންނާއި ކާފައިންނަށް ވަނީ ފޮނުއްވައިފަ އެވެ.

ރާއްޖޭގައި ގައުމީ މާމަ ކާފަ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.

މާމަ ކާފަ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދޮށީ އުމުރުގެ މީހުން ގައުމަށާއި އެމީހުންގެ އާއިލާއަށް ކޮއްދެއްވާ ހިދުމަތްތައް ފާހަގަކޮށް އެމީހުންގެ އަގު ވަޒަންކުރުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%