ގައުމީ ޔުނިވާސިޓީއަށް 52 އަހަރު، ރައީސްގެ ތަހުނިޔާ!

އައިޝަތު ޝިފްނާ ހުސައިން | 7 ގަޑިއިރު ކުރިން - 1 ސެޕްޓެންބަރު 2025 09:37
ގައުމީ ޔުނިވާސިޓީ.--ފޮޓޯ: އެމްއެންޔޫ
ގައުމީ ޔުނިވާސިޓީ.--ފޮޓޯ: އެމްއެންޔޫ
ޚުލާސާ

ފެންވަރު ރަނގަޅު އިލްމީ ހިޔާވައްސަކަށް ވުން އެދޭ ކަމަށް ރައީސް ވިދާޅުވި.

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ދުވަހަށް 52 އަހަރު ފުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މި އުފާވެރި އަހަރީ ދުވަހު އެ މަނިކުފާނުގެ ދުއާ އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ދުވަހަކަށްވުރެ ދުވަހެއް ކާމިޔާބު ކޮށްދެއްވުން ކަމަށެވެ.

އަދި ފެންވަރު ރަނގަޅު އިލްމީ ހިޔާވައްސަކަށްވުން އެދޭކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ޕޯަސްޓުގައި ވިދާޅުވީ ވަނީ ގައުމީ ޔުނިވާސިޓީގެ ހީވާގި ޓީމަށާއި ލޮބުވެތި ދަރިވަރުންނަށް ބާވަންނަ އަހަރު ފުރުމުގެ މުނާސަބަތުގައި މަރުހަބާ އާއި ތަހުނިޔާ އަރިސްކުރާ ކަމަށެވެ.

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ރަސްމީކޮށް އެންމެ ފުރަތަމަ ހުޅުވާފައި ވަނީ 1973 ސެޕްޓެމްބަރު އެއްވަނަ ދުވަހު އެވެ. އެ ތާރީހުން ފެށިގެން މެދު ކެނޑުމެއްނެތި ހަލުވިކަމާއެކު އެ ޔުނިވާސިޓީއިން ދަނީ ތައުލީމީ ހިދުމަތްތައް ދެމުންނެވެ.




TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%