ބީއެމްއެލްއިން 154 މިލިއަން ރުފިޔާއަށް ހުޅުމާލޭން ބިމެއް ގަނެފި

އައިޝަތު ޝިފްނާ ހުސައިން | 3 ދުވަސް ކުރިން - 31 އޯގަސްޓް 2025 15:43
ފޮޓޯ: އެޓްރުތް އެމްވީ
ފޮޓޯ: އެޓްރުތް އެމްވީ
ޚުލާސާ

މިހާރު ބީއެމްއެލްއަށް އެ ބިން މިލްކުވެގެންވާކަން ހުކުމްގައި ކަނޑައެޅި.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެއިން 153.9 މިލިއަން ރުފިޔާއަށް ބިމެއް ގަނެފި އެވެ.

މިދިޔަ ބުދަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، ހުޅުމާލެ ލޮޓް ނަންބަރު 11824 ގައިވާ 28،507 އަކަފޫޓުގެ އަމިއްލަ ބިން. ޖީއެސްޓީއާއެކު 153.9 މލިއަން ރުފިޔާގެ އަގަށް އެޗްޑީސީން ބީއެމްއެލްއަށް ވަނީ ވިއްކާފައި ކަމަށެވެ.

ކޯޓުން ކުރި ހުކުމްގައި ވަނީ އެ އަދަދަށްވާ ފައިސާ ބީއެމްއެލްއިން ވަނީ އެޗްޑީސިއަށް ދައްކައި ހަލާސްކޮށްފައި އެވެ. އަދި މި މުއާމަލާތުގައި ފުރިހަމަވާން ޖެހޭ އެންމެހާ ކަންކަން ފުރިހަމަވާ ކަމަށްވެސް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.

އަދި އެޗްޑީސީގެ ނަމުގައި އެ ބިން މީގެ ކުރިން ރަޖިސްޓްރީކޮށްފައިވީ އިރު، މިހާރު ބީއެމްއެލްއަށް މިލްކުވެގެންވާކަން ހުކުމްގައި ކަނޑައެޅި އެވެ.

އޭގެ އިތުރުން އެ ހުކުމުގައިވަނީ ލާޖެއްސުމުގެ މުއާމަލާތްތަކުގައި ދައުލަތުގެ ފަރާތުން ބިމުގެ ކަންކަން ހަވާލު ކޮށްފައިވާ ނާޒިރުގެ ރުހުން އޮތްތޯ ބަލަން ޖެހޭ ނަމަވެސް އެ ބިމަކީ އެޗްޑީސީގެ އިހުސާސްގެ ތެރޭގައި އޮތް ބިމެއް ކަމަށް ވާތީ އަކަމުގައި ރުހުން އޮތްތޯ ބަލަން ނުޖެހޭ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%