Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޗައިނާގެ ރައީސް ޝީ އާއި ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ޗައިނާގެ ރައީސް ޝީ އާއި ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
365 ދުވަސް ކުރިން - 31 އޯގަސްޓް 2025 10:07
ރައީސް ޝީ އާއި ރައީސް މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ރައީސް ޝީ އާއި ރައީސް މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

ރައީސް ޑރ. މުއިއްޒު ޗައިނާގެ ރައީސް ޝީ އާއި ބައްދަލުކުރައްވާފައިމިވަނީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް ޑރ. މުއިއްޒު ޗައިނާގެ ރައީސް ޝީ އާއި ބައްދަލުކުރައްވާފައިމިވަނީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް ޑރ. މުއިއްޒު ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުން ޗައިނާގެ ރައީސް ޝީ ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މި ބައްދަލުވުމާއި ގުޅިގެން ރައީސް އޮފީހުން ބުނެފައިވަނީ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ޗައިނާގެ ރައީސް ޝީ ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

Advertisement

Advertisement 1

ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދެވަނަ ފަހަރަށް ޗައިނާއަށް ވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގަތުމުން އެކަމާ އުފާ ކުރައްވާކަމަށް ވިދާޅުވެފަ އެވެ. ރައީސް މުއިއްޒު ވަނީ ޗައިނާގެ ރައީސް ޝީ އެމަނިކުފާނަށް ކިޔުއްވި ހޫނު މަރުހަބާއަށާއި ދެއްވި ފުރިހަމަ މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފަ އެވެ. މީގެ އިތުރުން ޗައިނާގެ ރައީސް ޝީ ވަނީ ރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފަ އެވެ.

މި ބައްދަލުވުމުގައި ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕް ގެ ދަށުން ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ގައުމުގެ ރައީސުން ވަނީ މަޝްވަރާކުރައްވައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

5 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

5 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

5 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

7 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

7 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

7 ގަޑިއިރު ކުރިން - 16:42