ވެށި ރައްކާތެރިކުރުމުގައި އޭޝިއާ-ޕެސިފިކް ސަރަހައްދުން އިސްނެގުމަށް މިނިސްޓަރު ތާރިގް ގޮވާލައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 31 އޯގަސްޓް 2025 10:22
އޭޝިއާ-ޕެސިފިކް ވެށި ފޯރަމްގައި، މިނިސްޓަރުންގެ ބަޔާން އިއްވަނީ/ ފޮޓޯ: މިނިސްޓްރީ
އޭޝިއާ-ޕެސިފިކް ވެށި ފޯރަމްގައި، މިނިސްޓަރުންގެ ބަޔާން އިއްވަނީ/ ފޮޓޯ: މިނިސްޓްރީ
ޚުލާސާ

ވެށީގެ ދާއިރާގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާ ކަމަށާއި، ދުނިޔޭގެ މައްސަލަތަކަށް ސަރަހައްދީ ގޮތުން ހައްލު ހޯދުމަށް ރާއްޖޭން ބޮޑު އިސްކަމެއް ދޭކަމަށް މިނިސްޓަރު ވިދާޅުވި.

ވެށި ރައްކާތެރިކުރުމުގައި އޭޝިއާ-ޕެސިފިކް ސަރަހައްދުން އިސްނެގުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހީމް، ގޮވާލައްވައިފި އެވެ. މިހާރު ކުރިއަށްދާ އޭޝިއާ-ޕެސިފިކް ވެށި ފޯރަމްގައި، މިނިސްޓަރުންގެ ބަޔާނެއް އިއްވަވަމުން މިނިސްޓަރު މިކަމަށް ގޮވާލެއްވީ، ވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސަރަހައްދީ ގޮތުން އެއްބައިވަންތަކަމާއި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.

އޭޝިއާ-ޕެސިފިކް ސަރަހައްދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ނާޒުކުކަން ބޮޑު ސަރަހައްދެއް ކަމުގައި ވީނަމަވެސް، ވެށީގެ ދާއިރާގައި ބަދަލުތައް ގެނެސް، އިސްނަގައި، އެހެން ޤައުމުތަކަށް ނަމޫނާ ދެއްކުމުގެ ޤާބިލުކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން، މިސަރަހައްދުގެ ޤައުމުތައް ގުޅިގެން މަސައްކަތްކޮށް، ވެށި ރައްކާތެރިކުރުމަށް ހައްލުތަކަށް މަގުފަހިކުރުމަށް މިނިސްޓަރު ބާރުއެޅުއްވި އެވެ.

ރާއްޖޭގެ ދައުރަށް އަލިއަޅުވައިލައްވަމުން މިނިސްޓަރު ވިދާޅުވީ، ވެށީގެ ދާއިރާގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާ ކަމަށާއި، ދުނިޔޭގެ މައްސަލަތަކަށް ސަރަހައްދީ ގޮތުން ހައްލު ހޯދުމަށް ރާއްޖޭން ބޮޑު އިސްކަމެއް ދޭކަމަށެވެ. މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމު ކަމަށްވާތީ، ރާއްޖެއިން މިކަމަށް ދޭ ސަމާލުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%