Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޖިނޭރުންނާ ނުލައި، މި ދެކޭ ފަސޭހަ ދިރިއުޅުމެއް ނުލިބޭނެ: ފަހުމީ

އިންޖިނޭރުންނާ ނުލައި، މި ދެކޭ ފަސޭހަ ދިރިއުޅުމެއް ނުލިބޭނެ: ފަހުމީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
365 ދުވަސް ކުރިން - 30 އޯގަސްޓް 2025 16:24
ސްޓެކްލޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ: ފޮޓޯ/ އިންޓަނެޓް---
ސްޓެކްލޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ އިންޖީނިއަރުންގެ ދުވަސް ކަމުގައި ރައީސް ޑރ. މުއިއްޒު ވަނީ ހަމަޖައްސަވައިފަ.

އެކި ދާއިރާތަކުގެ އިންޖީނިއަރުންގެ ހުނަރާއި ހިތްވަރާ ނުލައި، މިއަދު މި ދެކޭ ފަސޭހަ ދިރިއުޅުމެއް ލިބިގެން ނުދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެކްލޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މި މޭރުމުން ވިދާޅުވެފައިވަނީ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އޭނާގެ އެކްސް އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ފަހުމީ ވިދާޅުވެފައިވާ ގޮތުގައި އިންސާނިއްޔަތަށް ފަސޭހަ ދިރިއުޅުމެއް ގެނެސްދިނުމަށް އަގުނުކުރެވޭ މަސައްކަތްތަކެއް ކުރަމުން ގެންދާ ހީވާގި އިންޖީނިއަރުންނަށް ޝުކުރާއެކު، އިންޖީނިއަރުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރާ ކަމަށެވެ.

Advertisement

Advertisement 1

ގައުމު ބިނާކޮށް ތަރައްގީގެ މަގުގައި އެއްވެސް ފަސްޖެހުމެއްނެތި، ދިގުދެމިގެންދާ ގޮތަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ސްޓެލްކޯގެ ހީވާގި އިންޖީނިއަރުން ކުރަމުން ގެންދާ އަގުނުކުރެވޭ މަސައްކަތްތަކަށް ސްޓެލްކޯގެ މުޅި އިންޖީނިއަރުންގެ ޓީމަށް ހިތުގެ ފުންމިނުން ޝުކުރު ފަހުމީ ވަނީ ޝުކުރު އަދާ ކޮށްފަ އެވެ. އެކި ދާއިރާތަކުގެ އިންޖީނިއަރުންގެ ހުނަރާއި ހިތްވަރާ ނުލައި، އަހަރެމެން މިދެކޭ ފަސޭހަ ދިރިއުޅުން ލިބިގެން ނުދާނެ ކަމަށް ފަހުމީ ވަނީ އިތުރަށް ވިދާޅުވެފަ އެވެ.

މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ އިންޖީނިއަރުންގެ ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވައިފަ އެވެ. މި ދުވަސް ރާއްޖޭގެ އިންޖީނިއަރުންގެ ދުވަހުގެ ގޮތުގައި ރައީސް ހަމަޖެއްސަވާފައިވަނީ، ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ނިންމުމަށްފަހު އާންމުންނަށް ހުޅުވާލެވުނީ މިދުވަހުގައި ކަމުގައި ވާތީ އެވެ.

ރާއްޖޭގެ އިންޖީނިއަރުންގެ ދުވަހާއި ގުޅިގެން އަންނަ 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑު، ސަރުކާރުން ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އިންޖިނިއަރުންގެ ދުވަސްހުސައިން ފަހުމީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

5 ގަޑިއިރު ކުރިން - 19:52

އެމްޑަބްލިޔުއެސްސީން އަގުބޮޑުކޮށް އުޅަނދެއް ގަތް ކަމަށް ބުނާ ވާހަކަތައް އެ ކުންފުނީގެ އެމްޑީ ދޮގުކުރައްވައިފި

އެމްޑަބްލިޔުއެސްސީން އަގުބޮޑުކޮށް އުޅަނދެއް ގަތް ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

7 ދުވަސް ކުރިން - 16:20

ސްޓެލްކޯއިން ފަހުމީ ވަކިކޮށްފި

ސްޓެލްކޯއިން ފަހުމީ ވަކިކޮށްފި

357 ދުވަސް ކުރިން - 18:37

އިންޖިނޭރުންގެ ދުވަހާ ގުޅިގެން ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ބާއްވައިފި

އިންޖިނޭރުންގެ ދުވަހާ ގުޅިގެން ކެރިއާ ގައިޑެންސް ޕްރޮގްރާމެއް

364 ދުވަސް ކުރިން - 18:37

މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

"މާދަމާ ހެނދުނު ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ"

373 ދުވަސް ކުރިން - 23:44

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްމާޓް މީޓަރު ހަރުކޮށް ނިމޭނެ: ފަހުމީ

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްމާޓް މީޓަރު ހަރުކުރަނީ

417 ދުވަސް ކުރިން - 13:33