ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ފަހުމީ ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓެލްކޯއިން ފަހުމީ ވަކިކުރެއްވުމަށްފަހު އެ މަގާމަށް މިފްކޯގެ ކުރީގެ އެމްޑީ އަހުމަދު ޝަމާހު ރަޝީދު އައްޔަންކޮށްފި ކަމަށެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ފަހުމީ އައްޔަންކުރީ 2023، ނޮވެމްބަރު 28 ގަ އެވެ. އެމަގާމަށް އައްޔަންކުރުމުގެ ކުރިންވެސް ފަހުމީ ވަޒީފާ އަދާކުރަމުންދިޔައީ ސްޓެލްކޯގަ އެވެ. އެކުންފުނީގައި އޭނާ 27 އަހަރު މަސައްކަތް ކުރެއްވި އެވެ.
މަގާމުން ވަކިކުރިކަން ޕީސީބީން އިއުލާނުކުރިފަހުން ފަހުމީ ވަނީ ސްޓެލްކޯ ހިންގުމުގެ ފުރުސަތު އޭނާއަށް ދެއްވީތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ޝުކުރު އަދާކުރައްވައި އެކްސްގައި ޕޯސްޓެއްވެސް ކުރައްވާފަ އެވެ. އެ ޕޯސްޓުގައި ކުންފުނީގެ މުވައްޒަފުންނަށްވެސް އޭނާ ޝުކުރު އަދާކުރެއްވި އެވެ.