އިންޖިނޭރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ އެކިއެކި ތައުލީމީ އިދާރާތަކަށް އިންޖިނޭރިން ދާއިރާގެ ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު ނެރުނު މީޑިއާ ބްރީފެއްގައި ބުނީ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ކޮންޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އިސް ނަގައިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ދައުލަތުގެ އެސް.އޯ.އީ ތަށް ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ އަތޮޅުތަކާއި ސިޓީތަކުގެ ޔުނިވާސިޓީ، ކޮލެޖްތަކުގެ ދަރިވަރުންނަށް ބޭއްވި އެ ވިޒިޓްތަކަކީ ދާއިރާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންތަކެއް ކަަމށެވެ.
އަދި މިއާއެކު ރާއްޖޭގެއެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާ ސައިޓްތަކަށް ދަރިވަރުންގެންގޮސް މައުލޫމާތު ދީފައިވާކަމަށް އެ ބްރީފުގައިވެ އެވެ.
އެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 28 ތައުލީމީ އެކި އިދާރާތަކަށް ޕްރޮގްރާމްތައް ވަނީ ހިންގާފައި ކަމަށްވެސް އެ ބްރީފުގައި ބުނެފައިިވެ އެވެ. އަދި އިތުރު ޕްރޮގްރާމްތަކެއް ސެޕްޓެންބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި ކަަމަށް ފާހަަގަކޮށްފައިވެ އެވެ.
އިންޖިނޭރުންގެ ދުވަހާ ގުޅިގެން މިއަދު ވަނީ އެސްޓީއޯގެ އިންޖިނޭރުންނަށްވެސް ރަތް ދޫލައިން މަރުހަބާ ކިޔާފަ އެވެ. ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ މިއަހަރުގެ ޖޫން މަހު އެވެ. މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ގައުމީ ފެންވަރުގައި އިންޖީނިއަރުންގެ ދުވަސް ފާހަގަ ކުރާނެ އެވެ.