Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޔޫ މަނިކުގެ ފަހުގެ އުއްމީދަކީ މިސްކިތެއް ބިނާކުރުން: ޝަހީމް

އެމްޔޫ މަނިކުގެ ފަހުގެ އުއްމީދަކީ މިސްކިތެއް ބިނާކުރުން: ޝަހީމް

އައިޝަތު ޝިފްނާ ހުސައިން
366 ދުވަސް ކުރިން - 30 އޯގަސްޓް 2025 14:28
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން މަޓީން ބޭއްވި ރަސްމިއްޔާތެއްގައި މުހައްމަދު އުމަރު (އެމްޔޫ) މަނިކު ވާހަކަ ދައްކަވަނީ.--ފޮޓޯ:ރައީސް އޮފީސް
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން މަޓީން ބޭއްވި ރަސްމިއްޔާތެއްގައި މުހައްމަދު އުމަރު (އެމްޔޫ) މަނިކު ވާހަކަ ދައްކަވަނީ.--ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

މިސްކިތަށް ބޭނުންވާ ޖާގަ ހުޅުމާލޭ ސަރަހައްދުން ހަމަޖައްސައިދީފައިވާ ކަމަށް ޝަހީމް ވިދާޅުވި.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރެއްވުމަށް، ބޮޑު ދައުރެއްް އަދާކުރެއްވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގެ އެންމެ ފަހުގެ އުންމީދަކީ މިސްކިތެއް ބިނާކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

އުމުރުން 78 އަހަރުގައި އެމްޔޫ މަނިކު ނިޔާވީ ސިއްހީ ހާލު ވަރަށް ބޮޑަށް ދެރަވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ދައުލަތަށް 19 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އެމްޔޫ މަނިކުއާ ގުޅިގެން ޝަހީމް ވިދާޅުވީ އެއީ އިޖުތިމާއީ ތައުލީމީ ކަންކަމާއި މީހުން ބިނާކުރެއްވުމަށް ވަރަށް އަހައްމިއްޔަތުކަން ދެއްވި ބޭފުޅެއް ކަމަށެވެ. މިސްކިތްތައް ބިނާކުރެއްވުމާއި މަރާމާތުކުރެއްވުމަށް އެމަނިކުފާނު އެހީތެރިކަން ދެއްވި ކަމަށް ޝަހީމް ވިދާޅުވި އެވެ.

Advertisement

Advertisement 1

ޝަހީމް ވިދާޅުވި ގޮތުގައި ސިއްހީ ހާލު ދެރަވެ ސިންގަޕޫރަށް ފުރުއްވުމުގެ ކުރިން ވެސް ވަނީ ހުޅުމާލޭ ސަރަަހައްދުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާ މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

"އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުމެވެ." ދައުލަތަށް 19 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އެމްޔޫ މަނިކާ ގުޅިގެން ޝަހީމް ވިދާޅުވި އެވެ.

އެހެންވެ، މިސްކިތަށް ބޭނުންވާ ޖާގަ ހުޅުމާލޭ ސަރަހައްދުން ހަމަޖައްސައިދީފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

5 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

5 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

5 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

7 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

7 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

7 ގަޑިއިރު ކުރިން - 16:42