ކަމަށްވާ އޮނަރަބަލް މުޙައްމަދު ޢުމަރު މަނިކު.
ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު އެއް ފަރާތް ކަމަށްވާ ޔުނިވާސަލް އެންޓަރޕްރައިސަސްގެ ޗެއަރމަން މ. ރުއްކަރަ އޮނަރަބަލް މުޙައްމަދު ޢުމަރު މަނިކު އަވަހާރަވެއްޖެ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ޗެއާމަންގެ މަޤާމު ވެސް އަދާ ކުރައްވާފައިވާ އެމްޔޫ މަނިކު އަވަހާރަވީ ޞިއްޙީ ޙާލުކޮޅު ދެރަވުމާއި ގުޅިގެން ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުންގެންދަވަނިކޮށް ރޭގެ ވަގުތެއްގައެވެ.
އެމްޔޫ މަނިކުގެ ކަށުނަމާދު ރާއްޖޭގައި ކުރާނީ ޣައިބަށެވެ. މާލޭގެ އިސްލާމީ މަރުކަޒުގައި ޣައިބަށް ކަށުނަމާދު ކުރުން އޮންނާނީ ޢަޞްރު ނަމާދަށް ފަހުގައެވެ.
ސިންގަޕޫރުގައި އޮންނާނީ މިއަދުގެ އަޞްރު ނަމާދަށްފަހު މަސްޖިދުލް ޕްސާރާ އަނަމް ގައެވެ.