Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ރައީސް ޗައިނާ އަށް!

ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ރައީސް ޗައިނާ އަށް!

އައިޝަތު ޝިފްނާ ހުސައިން
375 ދުވަސް ކުރިން - 30 އޯގަސްޓް 2025 10:05
ރައީސް ޗައިނާއަށް ވަޑައިގަންނަވަނީ.--ފޮޓޯ:ރައީސް އޮފީސް
ރައީސް ޗައިނާއަށް ވަޑައިގަންނަވަނީ.--ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

މި ދަތުރުފުޅުގައި ރައީސް މުއިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާނެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާނެ އެވެ. އަދި އެސް.ސީ.އޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި އިގްތިސާދީ ގޮންޖެހުންތަކާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި ބަޔާނެއް އިއްވެވުމަށްވެސް ހަމަޖެހިފައިވެ އެވެ.

Advertisement

Advertisement 1

އޭގެއިތުރުން ސެޕްޓެމްބަރު ތިންވަނަ ދުވަހު ފާހަގަކުރާ ޗައިނާގެ ވިކްޓަރީ ޑޭގެ ހަރަކާތްތަކުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ރަސްމިއްޔާތަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާއިން ޖަޕާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތެކެވެ.

މި ރަސްމިއްޔާތުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަދި ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން ބައްދަލުކުރައްވާނެ އެވެ. މި ރަސްމިއްޔާތުގައި ޖުމްލަ 26 ގައުމެއްގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޗައިނާއިން ވަނީ ހާމަކޮށްފަ އެވެ. މީގެ ތެރޭގައި ކެމްބޯޑިއާ، ވިއެޓްނާމް، ލާއޯސް، އިންޑޮނޭޝިއާ އަދި މެލޭޝިއާގެ އިސްވެރިންގެ އިތުރުން މެދުތެރޭ އޭޝިއާގެ ގިނަ ގައުމުތަކުގެ ވެރިން ހިމެނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްޗައިނާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

1 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

1 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05