Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަރުދަނާ އާއިލާއެއް ބިނާކުރެވޭނީ ދީނާ ދުރު ފިކުރުތައް ގޭތެރޭގެ މާހައުލުން ނައްތާލައިގެން: ހުކުރު ހުތުބާ

ހަރުދަނާ އާއިލާއެއް ބިނާކުރެވޭނީ ދީނާ ދުރު ފިކުރުތައް ގޭތެރޭގެ މާހައުލުން ނައްތާލައިގެން: ހުކުރު ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
386 ދުވަސް ކުރިން - 29 އޯގަސްޓް 2025 16:27
ސަލްމާން މިސްކިތުގައި ހުކުރު ނަމާދުކުރަނީ: ފޮޓޯ/ އިންޓަނެޓް---
ސަލްމާން މިސްކިތުގައި ހުކުރު ނަމާދުކުރަނީ: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މިއަދުގެ ހުކުރު ހުތުބާގައި ދަރިންނަށް ތައުލީމުދީ ބަލައިބޮޑުކުރުމުގައި މައިންބަފައިން އިހުމާލުނުވުމަށް ވަނީ ނަސޭހަތްތެރިވެފައި.

ހަރުދަނާ އާއިލާއެއް ބިނާކުރެވޭނީ ދީނާ ދުރު ފިކުރުތައް ގޭތެރޭގެ މާހައުލުން ނައްތައިލައިގެންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ދީނުގައި އަންގަވާފައިވާ މެދުމިނާ ދުރު ފިކުރުތަކާއި، ދީނަށް އަމަލުނުކުރުމާއި، ދީނީ ޝިއާރުތަކަށް މަލާމަތްކޮށް ހަޖޫޖެހުމާއި، ދީނުގެ މައްޗައް ގީރަތްތެރިކަން ނެތުންފަދަ ކަންކަން އާއިލާގެ ތެރެއިން ނައްތައިލައި އިސްލާމް ދީނަކީ އަދުލުވެރި ދީންކަމާއި، އިސްލާމް ދީނަކީ ދިރިއުޅުމުގެ ސީދާ މަގުކަން ދަރިންނަށް ވިސްނައިދީ ނަފުސުތަކުގައި މިކަން ހަރުލައްވަންވާނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފަ އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވާ ގޮތުގައި ރަނގަޅު އާއިލާއެއް ބިނާކުރެވޭނީ ދަރިން ފުރާވަރަށް އެރުމުން ހުރިހާ ކަމެއް ހުއްދަވީކަމަށް ހީކުރާ ހީކުރުންތައް ދޫކޮށްލައިގެން ކަމަށެވެ. އަދި އުޅޭނެހައި ގޮތަކަށް ދަރިން އުޅެން ދޫކޮށްނުލައި، އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ އިމުން ބޭރުނުވެ، ހަޔާތުގެ ބައިވެރިޔާ އިހުތިޔާރުކުރުމަށް ދަރިންނަށް އިރުޝާދުދީގެންކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އަދި ރަނގަޅު އާއިލާއެއް ބިނާކުރެވޭނީ އިސްލާމީ އުސޫލުތަކުގެ މަތީގައި އާއިލާގެ ހުރިހާ މެންބަރުންގެ އަމަލުތައް ބަހައްޓައިގެންކަމަށް ވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވާ ގޮތުގައި އިސްލާމީ އުންމަތުގެ ކުރިމަގު އުޖާލާކޮށް އުންމަތުގެ އިއްޒަތާއި ކަރާމާތް އަލުން އަނބުރާ އިއާދަކުރެވެން އޮތީ، މާތްވެގެންވާ އިސްލާމްދީނުގެ ތައުލީމާއި ތަރުބިއްޔަތުގެ ހިޔަލުގައި އާއިލާ ބައްޓަންކޮށްގެންނެވެ. އެހެންކަމުން ކޮންމެ މަޔަކާއި ބަފަޔަކުވެސް ދަރިން ތަރުބިއްޔަތުކުރުމުގައި އިސްލާމްދީން ގެނެސްދީފައިވާ މަންހަޖާ އެއްގޮތަށް އަމަލުކުރުމަކީ ކުރަންޖެހިފައިވާ މުހިއްމު މަސައްކަތެއްކަމަށް ހުތުބާގައިވަނީ އިތުރަށް ބުނެފަ އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ދަރިންނަށް ތައުލީމުދީ ބަލައިބޮޑުކުރުމުގައި މައިންބަފައިން އިހުމާލުނުވުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލީ މުޢާމަލާތްތަކުގައި ތެދުވެރިވެ، ދަރަނިންނާއި ރިބާއިން ރައްކާތެރިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި

މާލީ މުޢާމަލާތުތަކުގައި ތެދުވެރިވެ ދަރަނިން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

1 ދުވަސް ކުރިން - 13:00

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި، އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

8 ދުވަސް ކުރިން - 12:53

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

15 ދުވަސް ކުރިން - 12:54

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

29 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

36 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

43 ދުވަސް ކުރިން - 13:00