Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނޫސްވެރިންނަން މި ސަރުކާރުން މިނިވަންކަން ދީފައިވާކަން މިދަނީ ހާމަވަމުން؛ ސައީދު

ނޫސްވެރިންނަން މި ސަރުކާރުން މިނިވަންކަން ދީފައިވާކަން މިދަނީ ހާމަވަމުން؛ ސައީދު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
286 ދުވަސް ކުރިން - 28 އޯގަސްޓް 2025 21:57
އިކޮނޮމިކް މިނިސްޓަރު ސައީދު: ފޮޓޯ/ އިންޓަނެޓް---
އިކޮނޮމިކް މިނިސްޓަރު ސައީދު: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ސައީދު ވިދާޅުވެފައިވާ ގޮތުގައި މީޑިއާގެ މިނިވަންކަމުގެ ނަމުގައި މިހާރު ބަޔަކު ކުރިއަށްގެންދާ މަގުމަތީ ހަރަކާތަކަކީ ސިޔާސީ މަގުސަދުތަކެއް އޮވެގެން ވަކި ބަޔަކު އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ރާއްޖޭގެ ނޫސްވެރިންނަށް، ދުނިޔޭގެ އެއްވެސް ގައުމެއްގެ ނޫސްވެރިންނަށް ނުލިބޭހާ މިނިވަންކަން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ދެއްވާފައިވާކަން ހާމަވަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މި މޭރުމުން ވިދާޅުވެފައިވަނީ މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ރައީސް ޑރ. މުއިއްޒަށް ލިބިފައި އޮތުމަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އެމަނިކުފާނު މިހާތަނަށް އެ މަސްއޫލިއްޔަތު އަދާކުރައްވާފައިވަނީ، ކުރީގެ އެހެން ސަރުކާރުތަކާ ހިލާފަށް، ފަރުވާތެރިކަމާއެކު އަދި ޑިމޮކްރެޓިކް އުސޫލުތަކަށް އިހްތިރާމްކުރައްވައިގެންކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި ރައީސް ޑރ. މުއިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގަތީ، ސާފު އަދި ކުރިމަގަށް ބަލާ މެނިފެސްޓޯއެއްގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ ވަރުގަދަ ތާއީދަކާ އެކުގަ އެވެ. އެމަނިކުފާނު ވެރިކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތްއިރު، ކުރީ ސަރުކާރަށް ރާއްޖޭގެ އިގްތިސާދު މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ގައުމުގެ ތާރީހުގައި ދިމާވި އެންމެ ނުރައްކާތެރި މާލީ ހާލަތާ ކުރިމަތިލާންޖެހުނުކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

Advertisement

Advertisement 1

މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި މީޑިއާގެ މިނިވަންކަމުގެ ނަމުގައި ކުރިއަށްގެންދާ މަގުމަތީ ހަރަކާތަކަކީ ސިޔާސީ މަގުސަދުތަކެއް އޮވެގެން ވަކި ބަޔަކު އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ރާއްޖޭގެ ނޫސްވެރީންނަށް، ދުނިޔޭގެ އެއްވެސް ގައުމެއްގެ ނޫސްވެރިންނަށް ނުލިބޭހާ މިނިވަންކަން އަދުގެ ސަރުކާރުން ދީފައިވާކަން މިނިސްޓަރު ސައީދު ފާހަގަކުރައްވި އެވެ. އެގޮތުން:

  1. ހެނދުނުއްސުރެ ގްރީންޒޯންގައި ނޫސްވެރިން މުޒާހަރާކޮށް ބޭނުން ވަރަކަށް އަޑު އުފުލަމުން ދިޔަ
  2. ނޫސްވެރީންގެ ކަންބޮޑުވުން އަޑުއެއްސެވުމަށް އިންފޮމޭޝަން މިނިސްޓަރާއި ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރު އެއްވެތިބި ނޫސްވެރީންގެ ތެރެއަށް ވަޑައިގެން ބައްދަލުކުރައްވާ ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވި
  3. ކަންބޮޑުވުންތައް ދަންނަވަން އެދުނު ނޫސްވެރިންގެ އަޑު އެއްސެވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާ ސީދާ ރައީސް ބައްދަލުކުރައްވައި ވާހަކަތައް އަޑުއެއްސެވި
  4. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި އޮތް ބިލަށް ނޫސްވެރީން ބޭނުން ވަރަކަށް ހިޔާލުތަކާ އިސްލާހުތައް ހުށަހަޅަން 10 ދުވަހުގެ ފުރުސަތު ހުޅުވައިލި
  5. އޮފީސް ނިންމަވާފައި ރައީސް ހިންގަވާފައި މުލީއާގެއަށް ވަޑައިގަތް މަގުމަތީ، ނޫސްވެރީންގެ ބަޔަކު އެމަނިކުފާނުގެ ފަހަތްޕުޅުން ހިނގާ، އަޑުގަދަކޮށް، ހަށިކޮޅަށް އަތްލާ ހިސާބަށް ގެންދިއުމުންވެސް ސަރުކާރުން ކެތްތެރިކަން އިސްކުރި
  6. ނޫސްވެރިންގެ ސުވާލުތަކަށް ލައިވް ޕްރެސްއެއް ބާއްވަވައި ބަންޑާރަ ނައިބު ޖަވާބު ދެއްވި
  7. ބަންޑާރަ ނައިބުގެ ޕްރެސްގައި އިހުތިޖާޖުކޮށް ބޭނުން އަޑެއް އުފުލަންވެސް ނޫސްވެރިންނަށް ފުރުސަތު ދެއްވި

ރާއްޖޭގެ ނޫސްވެރިންނަށް، ދުނިޔޭގެ އެއްވެސް ގައުމެއްގެ ނޫސްވެރިންނަށް ނުލިބޭހާ މިނިވަންކަން އަދުގެ ސަރުކާރުން ދީފައިވާކަން ހާމަވަމުންދާކަމަށް މިނިސްޓަރު ސައީދު ވިދާޅުވެފައިވާއިރު ގިނަ އަދަދެއްގެ ނޫސްވެރިންތަކެއް ވަނީ އިއްޔެ އާއި މިއަދުވެސް މަޖިލީހަށް މިހާރު ހުށަހެޅިފައިވާ މީޑިއާ ބިލާ ދެކޮޅަށް އިހުތިޖާޖުކޮށްފަ އެވެ.

މިނިސްޓަރު މުހައްމަދު ސައީދުނޫސްވެރިންރައްޔިތުންގެ މަޖިލިސްރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

3 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31