Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނޫސްވެރިންގެ މުޒާހަރާއިން އެއްވެސް ބަޔަކު ހައްޔަރު ނުކުރޭ: އިހުސާނު

ނޫސްވެރިންގެ މުޒާހަރާއިން އެއްވެސް ބަޔަކު ހައްޔަރު ނުކުރޭ: އިހުސާނު

މުހައްމަދު ޖަމްޝަތު
373 ދުވަސް ކުރިން - 28 އޯގަސްޓް 2025 10:45
އިއްޔެގެ މުޒާހަރާގައި ނޫސްވެރިން މުއިލާގެ ކުރިމަތީގައި މުޒާހަރާ ކުރަނީ---- ފޮޓޯ: މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން
އިއްޔެގެ މުޒާހަރާގައި ނޫސްވެރިން މުއިލާގެ ކުރިމަތީގައި މުޒާހަރާ ކުރަނީ---- ފޮޓޯ: މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން
ޚުލާސާ

ނޫސްވެރިން މުޒާހަރާ ކުރީ ގްރީން ޒޯނުގައި. އެ ސަރަހައްދުގައި މުޒާހަރާކުރުމަކީ މަނާކަމެއް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޓުކުރާ ބިލާއި ގުޅިގެން ނޫސްވެރިން އިއްޔެ ކުރި މުޒާހަރާއާ ގުޅިގެން އެއްވެސް ނޫސްވެރިއަކު ހައްޔަރުނުކުރާކަމަށް ހޯމް މިިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެ އެވެ.

އިއްޔެގެ މުޒާހަރާ ކުރަން ނޫސްވެރިން ފުރަތަމަ ފެށީ ރައްޔިތުންގެ މަޖިލިސް ކައިރީގަ އެވެ. އެއަށްފަހު ރައީސް އޮފީހާއި މުލިއާގެ ކައިރިއަށްވެސް އެއްވެ މީޑިއާ ބިލާއި ދެކޮޅަށް އަޑުއުފުލައި ރައީސް އާ ބައްދަލުކުރަން ޑިމާންޑުކުރި އެވެ.

ނަމަވެސް އެ ސަރަހައްދަކީ އެއްވެ އުޅިުން މަނާ "ގްރީން ޒޯން" ކަމަށްވާތީ ފުލުހުން ވަނީ ނޫސްވެރިން އެތަނުން ދުރަށްޖައްސައިފަ އެވެ. ބައެއް ނޫސްވެރިން ދުރަށް ގެންދިޔައީ ފުލުސް ވެހިކަލަކަށް އަރުވައިގެންނެވެ.

Advertisement

Advertisement 1

މުޒާހަރާއިން އެއްވެސް ނޫސްވެރިއަކު ހައްޔަރުނުކުރާ ކަމަށްބުނެ ބަޔާނެއްވެސް ފުލުހުން އިއްޔެ ނެރުނެވެ.

މުޒާހަރާއިން ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެދުނު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި މިނިސްޓަރު އިހުސާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިން އިއްޔެ ކަނޑައެޅިގެން ގާނޫނާއި ހިލާފުވީ ކަމަށާއި ނަމަވެސް އެކަމާއި ގުޅިގެން އެއްވެސް ނޫސްވެރިއަކު އިއްޔެ ހައްޔަރުނުކުރާ ކަމަށެވެ.

ގާނޫނާއި ހިލާފުވި ކަމަށް މިނިސްޓަރު ފާހަގަކުރެއްވީ ރައީސް އޮފީހާއި މުލިއާގެ ހިމެނޭ ސަރަހައްދަކީ ގްރީންޒޯނަށްވާތީ އެ ސަރަހައްދުގައި މުޒާހަރާކުރުމަކީ މަނާކަމަކަށް ވާތީ އެވެ.

އިހުސާނު ވިދާޅުވީ ނޫސްވެރިން އެ ސަރަހައްދުން ނެރުނީ އެތައް ފަހަރެއްގެ މަތިން އަނގަބަނުން އިންޒާރުދީ އިރުޝާދު ދިނުމަށް ފަހުގައި ކަމަށެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތް ގޮތް އިސްލާހުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައި، މީޑިއާ ކޮންޓްރޯލް ކުރުމަށް އެމަނިކުފާނުގެ އެއްވެސް ޝައުގެއް ނެތްކަމަށް ވިދާޅުވެފައިވާއިރު ގާނޫނާ ހިލާފުވެ ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅާއި އޮފީސްކުރަމިތީ އެގޮތަށް އެއްވެސް އަޑުގަދަ ކުރުމަކީ ދިވެހި ބައެއް ނޫސްވެރިންގެ ކިބައިން ފެނިގެންދިޔަ ވަރަށް ދަށުދަރަޖައިގެ ނާތަހުޒީބީ އަމަލެކެވެ. ނޫސްވެރިން ކަމުގައިވީ ނަމަވެސް އިހުތިޖާޖުކޮށް އަޑުއުފުލަން ޖެހޭނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފުނުވާ ގޮތަށެވެ.

މިނިސްޓަރު އަލީ އިހުސާންނޫސްވެރިންރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ރުފިޔާ ހަދިޔާކުރެއްވުމަށް ނިންމަ

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، އެއްމިލިއަން ރުފިޔާ ދޭން ނިންމައިފި

6 ގަޑިއިރު ކުރިން - 13:36

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

9 ދުވަސް ކުރިން - 10:37

ރުފިޔާގެ ޑިމާންޑް މަތިކުރަން މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

12 ދުވަސް ކުރިން - 14:18

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

12 ދުވަސް ކުރިން - 13:54

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

12 ދުވަސް ކުރިން - 13:11

ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވަރިންޓީގެ މަގާމަށް އާޒިމާ ޝަކޫރު އައްޔަންކުރައްވައިފި

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް އާޒިމާ ޝަކޫރު އައްޔަނުކުރައްވައިފި

13 ދުވަސް ކުރިން - 18:36