ރައްޔިތުން އެދޭ ކަންކަން ފަހި ކޮށްދެއްވުމުގައި ރެއެއް ދުވާލެއް ނެތި ހީވާގިކަމާއެކު ރައީސް ދަނީ މަސައްކަތް ކުރަމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ މިއަދު އެކްސް ގައި ކުރި ޕޯސްޓެއްގަ އެވެ. އޭގެ އިތުރުން ސައީދު ވިދާޅުވީ ސިޔާސީ ވާދަވެރީންނަށް އެކިފަހަރު އެކި ކަންކަން ފެންނާނީ އެކި ދުރުމިނުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ދައުރުގެ ކުޑަ ބައެއް ނިމުނު އިރު ރާއްޖޭގެ ގިނަ ހިސާބުތަކަށް ވަނީ އެތަށް ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.
އެގޮތުން އަތޮޅުތަކަކަށް ވަޑައިގެން، ވަކިވަކި މަޝްރޫއުތަށް ފައްޓަވައިދެއްވައި ނިމިފައި ހުރި މަޝްރޫއުތަށް ރަސްމީކޮށް ފައްޓަވައި ދެއްވި އެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދިނުމަށްވެސް ރައީސް ދަނީ މަސައްކަތް ކުރައްވަމުންނެވެ.
މީގެ އިތުރުން މި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުވެސް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުރުގަ އެވެ.