Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"ވަން ޕީސް"ގެ ތަރި ޓެޒް ސްކައިލާ ރާއްޖޭގައި: އެޑްވެންޗަރ ފަތުރުވެރިކަން އިޝްތިހާރުކުރާނެ

"ވަން ޕީސް"ގެ ތަރި ޓެޒް ސްކައިލާ ރާއްޖޭގައި: އެޑްވެންޗަރ ފަތުރުވެރިކަން އިޝްތިހާރުކުރާނެ

އައިޝަތު ރުވާ ރިފްޢަތު
332 ދުވަސް ކުރިން - 27 އޯގަސްޓް 2025 20:03
"ވަން ޕީސް"ގެ ތަރި ޓެޒް ސްކައިލަރ ރާއްޖެ އައުން/  ފޮޓޯ: ވިިޒިޓް މޯލްޑިވްްސް
"ވަން ޕީސް"ގެ ތަރި ޓެޒް ސްކައިލަރ ރާއްޖެ އައުން/ ފޮޓޯ: ވިިޒިޓް މޯލްޑިވްްސް
ޚުލާސާ

ސްކައިލާގެ ނުފޫޒުން ރާއްޖެއަކީ ސަގާފީ އެޑްވެންޗާ އަދި ދިރިއުޅުމުގެ ތަފާތު ތަޖުރިބާތަކެއްގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކުރެވުމަކީ ރާއްޖެއަށް ފައިހަމަ ކުރުމަށް އެހީވާނެ ކަމެއްކަމަށް ޝިއުރީ ވިދާޅުވި

ނެޓްފްލިކްސްގެ މަޝްހޫރު "ވަން ޕީސް" ސީރީސްގައި ސަންޖީގެ ދައުރު އަދާކޮށް ދުނިޔޭގެ މަޤުބޫލުކަން ހޯދާފައިވާ ތަރި ޓެޒް ސްކައިލާ، ރާއްޖެ އައިސްފި އެވެ. މި މިދަތުރުގައި ޓެޒް ސްކައިލާ ރާއްޖެ އިޝްތިހާރުކުރުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރާނެ އެވެ.

ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން ސްކައިލާ ރާއްޖެއަށް އައިސްފައިވަނީ، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑާޝިޕް ޕްރޮގްރާމުގެ ދަށުންނެވެ. "ވަން ޕީސް" ސިލްސިލާގެ ސްޓްރޯ ހެޓް ޕައިރޭޓްސްގެ ހުނަރުވެރި ކައްކާ ސަންޖީގެ ރޯލު ކުޅޭ ސްކައިލާ، އޭނާގެ އެމްބެސެޑަރޝިޕްގެ ތެރޭގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ރާއްޖޭގައި ހޭދަކުރާނެ އެވެ.

މިގޮތުން، ސެޕްޓެމްބަރު މަހުގެ 14 އިން 27 އާ ހަމައަށް، ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އިތުރުން ހާއްސަކޮށް އެޑްވެންޗާ ފަތުރުވެރިކަމުގެ ފުރުސަތުތައް ޕްރޮމޯޓްކުރުމުގައި ހަރަކާތްތެރިވާނެ އެވެ.

Advertisement

Advertisement 1

ސްކައިލާގެ މި ދަތުރުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް، އެޑްވެންޗާ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ތަފާތު މޫދު ކުޅިވަރުތަކާއި ކަނޑުއަޑީގެ ހިތްގައިމުކަން ދައްކާލުމަށް ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ، އަމިއްލައަށް ތަޖުރިބާކުރާނެ އެވެ. ހަމަ އެއާއެކު، ދިވެހި ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށްޓަކައި، މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކޮށް، ދިވެހީންގެ ދިރިއުޅުމާއި އާދަކާދަ ގާތުން ތަޖުރިބާކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

އިންސްޓަގްރާމްގައި 1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލާގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބޭކަމަށް ވެއެވެ. މިފަދަ ނުފޫޒެއް އޭނާއަށް އޮތުމުން، ވިޒިޓް މޯލްޑިވްސްއަށް އާ ބައިނަލްއަގުވާމީ އޯޑިއަންސްތަކަކާ ހަމައަށް ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން، ދިވެހީންގެ އާދަކާދައާއި، ރާއްޖޭގެ ކަލިނަރީ އަދި އެޑްވެންޗާ ފަތުރުވެރިކަމުގެ ވާހަކަތައް، ދިވެހިވަންތަކަމާއި ޝައުގުވެރިކަމާއެކު ދައްކުވައިދިނުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރި އެވެ.

ސްކައިލާ ރާއްޖެ އައުމާއި ގުޅިގެން ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަނީ އޭނާއަށް މަރުހަބާ ދަންނަވާފަ އެވެ. ޝިއުރީ ވިދާޅުވީ ސްކައިލާގެ ނުފޫޒާއި ވާހަކަ ކިޔައިދިނުމުގެ ހުނަރުން، ސަގާފީ، އެޑްވެންޗާ، އަދި ދިރިއުޅުމުގެ ވައްޓަފާޅީގެ ތަޖުރިބާތައް ލިބޭ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ.

ސްކައިލާގެ މި ޒިޔާރަތް މެދުވެރިކޮށް، ވިޒިޓް މޯލްޑިވްސްއިން ކުރިއަށް ގެންދަނީ މުހިންމު މާކެޓްތަކުގައި ދިވެހިރާއްޖޭގެ ބްރޭންޑް އިތުރަށް ފުޅާކުރުމުގެ މަސައްކަތެކެވެ. މިގޮތުން، އާއިލާތަކާއި، ޒުވާން ދަތުރުވެރިންނާއި، އަދި އެޑްވެންޗާ ފަތުރުވެރިން ފަދަ ސެގްމަންޓްތަކަށް ވާސިލުވުމާއެކު، ދިވެހިރާއްޖޭގެ ޕްރިމިއަމް މަންޒިލެއްގެ ގޮތުގައިވާ މަގާމު ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.

ވިޒިޓް މޯލްޑިވްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

23 ދުވަސް ކުރިން - 21:31

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

35 ދުވަސް ކުރިން - 19:53

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

70 ދުވަސް ކުރިން - 16:15

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ބަދަލުތަކެއް ގެނެސް، 4 މެމްބަރަކު އައްޔަނުކޮށްފި

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް 4 މެމްބަރަކު އައްޔަނުކޮށްފި

90 ދުވަސް ކުރިން - 21:51

އައިޓީބީ ބާލިން 2027 ރާއްޖޭގައި

އައިޓީބީ ބާލިން 2027 ރާއްޖޭގައި

142 ދުވަސް ކުރިން - 15:02

އައިޓީބީ ބާލިންގައި "ވިޒިޓް މޯލްޑިވްސް" ގެ ރަސްމީ ޑިޖިޓަލް ވޮލެޓުގެ ގޮތުގައި "ސްވައިޕް" ތައާރަފްކޮށްފި

އައިޓީބީ ބާލިންގައި "ސްވައިޕް" ތައާރަފްކޮށްފި

143 ދުވަސް ކުރިން - 23:58