4000 ފްލެޓު: މިހާތަނަށް 2000 އެގްރިމަންޓުގައި ސޮއި ކޮށްފި

އައިޝަތު ޝިފްނާ ހުސައިން | 8 ގަޑިއިރު ކުރިން - 27 އޯގަސްޓް 2025 18:41
ފޮޓޯ:އެފްޑީސީ
ފޮޓޯ:އެފްޑީސީ
ޚުލާސާ

އެފްޑީސީން ކުރިން ބުނީ ޕޯޓަލް މެދުވެރިކޮށް ފްލެޓް ލިބޭ ފަރާތުގެ މައުލޫމާތު ބަލާލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކާމިޔާބާއެކު 24 ދުވަހުގެ ތެރޭގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީއިން ތަރައްގީކުރި 4،000 ސޯޝަލް ހައުސިން ޔުނިޓު މަޝްރޫއުގެ 2،000 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއި ކުރެވިއްޖެ ކަމަށެވެ.

އަދި އެފްޑީސީގެ އަމާޒަކީ ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ޔުނިޓުތަށް ހަވާލުކުރުން ކަމަށް އެފްޑީސީ އިން ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާގެންދާ ފުޅާ ދާއިރާގެ މަސައްކަތުގެ އެންމެ މުހިންމު އަދި އަސާސީ ބައެކެވެ.

މި ސްކީމުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ހިއްސާކުރަމުންދާ މިންވަރަކުން، އެފަރާތްތަކުގެ މައުލޫމާތު އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް އަދާހަމަކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެފްޑީސީން ކުރިން ބުނީ ޕޯޓަލް މެދުވެރިކޮށް ފްލެޓް ލިބޭ ފަރާތުގެ މައުލޫމާތު ބަލާލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. މީގެ އިތުރުން އެއްބަސްވުން ބަލާލެވުމާއި، ޔުނިޓްގެ މައުލޫމާތާއި ކުރެހުން ބަލާލެވޭނެ ކަމަށާއި އަދި ޔުނިޓަށް ދައްކަންޖެހޭ ފައިސާވެސް ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ ކަމަށް އެފްޑީސީން ފާހަގަކުރި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%