Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސީއެސްސީއަށް ނާސިހާއި ދީބާ އަދި ފާއިޒު އައްޔަންކުރަން ފާސްކޮށްފި

ސީއެސްސީއަށް ނާސިހާއި ދީބާ އަދި ފާއިޒު އައްޔަންކުރަން ފާސްކޮށްފި

އައިޝަތު ޝިފްނާ ހުސައިން
287 ދުވަސް ކުރިން - 27 އޯގަސްޓް 2025 17:00
ސީއެސްސީއަށް އައްޔަންކުރަން ފާސްކުރި ނާސިހު (ވ) ޑރ. ފާއިޒާއި ޑރ. ދީބާ
ސީއެސްސީއަށް އައްޔަންކުރަން ފާސްކުރި ނާސިހު (ވ) ޑރ. ފާއިޒާއި ޑރ. ދީބާ
ޚުލާސާ

ހަތަރު މެމްބަރަކު ވަނީ ނާސިހުއާ ދެކޮޅަށް ވޯޓު ދީފަ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވި މުހައްމަދު ނާސިހު އިތުރު ދައުރަކަށް އައްޔަން ކުރުމަށާއި އަދި އެ ކޮމިޝަންގެ މެމްބަރު ކަމަށް އިތުރު ދެ ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ.

ސީއެސްސީގެ ތިން މެމްބަރެއްގެ ދައުރު ހަމަވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ. އެހެންވެ، އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ހަ ނަމެއް މަޖިލީހަށް ފޮނުވި އެވެ.

އޭގެ ތެރެއިން މަޖިލީހުން ފާސް ކުރީ މިހާރު ވެސް އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި ނާސިހާއި ޑރ. ދީބާ މޫސާ އަދި ޑރ. ހުސެއިން ފާއިޒަށެވެ. އޭގެ ތެރެއިން ދީބާއަކީ ހެލްތު މިނިސްޓަރު ނާޒިމްގެ އަނބިކަނބަލުންނެވެ. އަދި ޑރ. ފާއިޒަކީ ސުޕްރީމް ކޯޓުގެ ކުރީގެ ސެކެޓްރީ ޖެނެރަލެވެ. ސީއެސްސީއަށް ނާސިހު އައްޔަންކުރަން ރުހުން ދިނީ 52 މެމްބަރުންގެ ވޯޓުންނެވެ.

Advertisement

Advertisement 1

އަދި ހަތަރު މެމްބަރަކު ވަނީ އޭނާއާ ދެކޮޅަށް ވޯޓު ދީފަ އެވެ. ދީބާ އައްޔަން ކުރުމަށް ފެންނަ ކަމަށް 60 މެމްބަރުން ވޯޓު ދެއްވިއިރު، ޑރ. ފާއިޒު އެ މަގާމަށް އައްޔަންކުރުމަށް 54 މެމްބަރަކު ވޯޓު ދެއްވި އެވެ. ދީބާ ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ކަން ވެސް ކުރައްވައިފަ އެވެ.

ސީއެސްސީގެ މެމްބަރު ކަމަށް 2020 ގައި އައްޔަންކުރި ނާސިހާއި އިތުރު މެމްބަރުންތަކެއްގެ މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ވަނީ މަޖިލިހުގެ ދާއިމީ ކޮމިޓީއަކަށް ހުށަހަޅައިގެން، މެމްބަރުންތަކެއް ވަކިކުރުމުގެ މަސައްކަތްކޮށްފަ އެވެ. އަދި ހައްސާސް މައްސަލައެއްގެ ގޮތުގައި އެކަން ބަލައި އެ ކޮމިޝަންގެ ބައެެއް މެމްބަރުން އޭރު ވަކިކުރިޔަސް އެ މައްސަލައިން ނާސިހު ސަލާމަތްވީ އެވެ.

މިއަދު ޖަލްސާގައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް ސ. ހުޅުދޫ، އަހުމަދު މަގްސޫމް އައްޔަން ކުރަން ވެސް ފާސްކޮށްފަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 62 މެމްބަރުންގެ ތެރެއިން 58 މެމްބަރުންގެ ވޯޓުންނެވެ.

ސިވިލް ސަރވިސް ކޮމިޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

127 ދުވަސް ކުރިން - 13:20

ކައުންސިލްތަކުގެ އެސްޖީންގެ ފެންވަރު ބެލުމުގެ އުސޫލު އާއްމުކޮށްފި

ކައުންސިލްތަކުގެ އެސްޖީންގެ ފެންވަރު ބެލުމުގެ އުސޫލު އާއްމުކޮށްފި

128 ދުވަސް ކުރިން - 10:19

ރިޓަޔާ ވުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އަންގަން އެދިއްޖެ

ރިޓަޔާޑް މީހަކު ވަޒީފާއެއް އަދާކުރާނަމަ އަންގަން އެދިއްޖެ

142 ދުވަސް ކުރިން - 21:38

ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް އެދޭ އުސޫލަށް ސީއެސްސީން ބަދަލު ގެނެސްފި

ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް ބަދަލު ގެނެސްފި

154 ދުވަސް ކުރިން - 17:51

ޝަރުތު ހަމަވާ ދުވަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

ޝަރުތުހަމަވާ ދުވަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭނެ!

154 ދުވަސް ކުރިން - 17:40

ސިވިލް ސާވިސް މުވައްޒަފުން ހެދުން އެޅުމާބެހޭ ގަވާއިދު އިސްލާހުކޮށްފި

ސިވިލްސާވިސް މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހުކޮށްފި

161 ދުވަސް ކުރިން - 15:47