Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މަޖިލީހަށް ބަލައިގެންފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މަޖިލީހަށް ބަލައިގެންފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
367 ދުވަސް ކުރިން - 27 އޯގަސްޓް 2025 15:34
ނޫސްވެރިންތަކެއް އިހުތިޖާޖުކުރަނީ: ފޮޓޯ/ ދިޔަރެސް---
ނޫސްވެރިންތަކެއް އިހުތިޖާޖުކުރަނީ: ފޮޓޯ/ ދިޔަރެސް---
ޚުލާސާ

މިބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަތީ މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ 49 މެމްބަރުންގެ އިއްތިފާގުން.

މިހާރު މަޖިލީހަށް ހުޅަހެޅިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މަޖިލީހަށް ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ. މަޖިލީހުން މިބިލު ބަލައިގަނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ބިލު އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފައިވާއިރު މިއަދު ވެސް މަޖިލިސް ކުރިމަތީގައި ނޫސްވެރިންތަކެއް ވަނީ އެބިލު މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް އަޑުއުފުލައިފަ އެވެ.

މިބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަތީ މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ 49 މެމްބަރުންގެ އިއްތިފާގުންނެވެ. މިބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ.

Advertisement

Advertisement 1

މިބިލާ އެކު މިނިވަން ނޫސްވެރިކަން ނެތިކޮށްލާނެ ކަމަށާއި މުޅި ބިލުގެ މަގުސަދަކީ މީޑިއާ ކޮންޓްރޯލްކުރުން ކަމަށް ބުނެ އިދިކޮޅަށް ނިސްބަތްވާ ފަރާތްތަކުން ދަނީ މިބިލާމެދު ދޮގު މައުލޫމާތު ފަތުރަމުންނެވެ. އެހެންނަމަވެސް މިބިލަށް ތާއީދުކުރައްވާ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ވިދާޅުވެފައިވަނީ މިބިލުގެ ސަބަބުން ނޫސްވެރިން އިތުރަށް ބާރުވެރިވެގެންދާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ މީޑިއާ ކޮންޓްރޯލް ކުރަން އެމަނިކުފާނުގެ އެއްވެސް ޝައުގެއް ނެތް ކަމަށެވެ. އަދި މީޑިއާ ބިލުން ރައީސަށް ބާރުތައް ނުލިބޭ ގޮތަށް ބިލް ފާސްކުރަން މެންބަރުންނަށް އަންގަވައިފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

3 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

5 ދުވަސް ކުރިން - 07:43