މީހުންގެ އަބުރާ އިއްޒަތް ކަތިލަމުން ދިޔަ ނަމަވެސް މީޑިއާތަކާ މެދު ފިޔަވަޅެއް ނާޅާ: އިބްރާހިމް ހުސައިން

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 8 ގަޑިއިރު ކުރިން - 27 އޯގަސްޓް 2025 12:40
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން: ފޮޓޯ/ އިންޓަނެޓް---
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

އިބްރާހިމް ހުސައިން މިބީދައިން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން.

ބައެއް މީޑިއާތަކުން ހިތުހުރި ގޮތަކަށް މީހުންގެ އަބުރާ އިއްޒަތް ކަތިލަމުން ދާއިރުވެސް، އެފަދަ މީޑިއާތަކާއިމެދު އެކަށީގެންވާ ފިޔަވަޅެއް އެޅިގެންދާ ތަނެއް ފެނިގެންނުދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ހުސައިން މިބީދައިން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރާއްޖޭގެ ބައެއް މީޑިއާތަކުން ނުހައްގު ބަސްބުނެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކުރާތަން ފެންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އިބްރާހިމް ހުސައިން ވިދާޅުވި ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއް ކޮށްލުމުން އެތަކެއް ގޮތަކުން ފައިދާތަކެއް ލިބިގެންދާނެ އެވެ. ސަބަބަކީ އެއް މަސައްކަތެއް ކުރާ ދެ މުއައްސަސާ އޮންނައިރުވެސް މީޑިއާތައް ރެގިއުލޭޓް ނުކުރެވި ދެ މުއައްސަސާގައި އޮޅުންބޮޅުން އިތުރުވަމުން އަންނާތީކަމަށް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދޮގާ މަކަރާ ހީލަތުން ހަބަރުތައް ފަތުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، އަދި އެފަދަ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅެއް އެޅޭތޯ އިބްރާހިމް ހުސައިން ވަނީ ސުވާލު އުފައްދަވައިފަ އެވެ. ރަޖިސްޓްރީ ކޮށްގެން ރަނގަޅަށް ހިންގާ ނޫސްތައް ބާރުވެރިކުރުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަށް ގެނެސް، ނޫސްވެރިން ބާރުވެރިކުރުމުން ކަންކަން ރަނގަޅުކުރެވިގެންދާނެ ކަމަށް ގަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނަށް އިސްލާހެއް ގެނެވިދާނެ، އަޅުގަނޑުމެންނަށް އިތުރަށް މުއައްސަސާއެއް ހެދިދާނެ، އަޅުގަނޑުމެންނަށް އެތައް އިތުރު ނަންތަކެއް ކިޔާފަ ގާނޫނަށް އެކިއެކި އިސްލާހުތަކެއް ހުށަހެޅިދާނެ، އެކަމަކު އަޅުގަނޑުމެންނަކަށް ނުފެންނާނެ މީޑިއާތައް ރެގިއުލޭޓް ކުރެވޭތަނެއް، އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ މީޑިއާތައް ރެގިއުލޭޓް ކުރުން." --- އިބްރާހިމް ހުސައިން ވިދާޅުވި އެވެ.

އިބްރާހިމް ހުސައިން އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވަމުން ދެތިން މީޑިއާއަކުން ބޭނުން ވާހަކައެއް ދައްކަމުން ދާއިރުވެސް ބްރޮޑްކޮމާއި މީޑިއާ ކައުންސިލުން އެފަދަ މީޑިއާތަކާމެދު އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%