Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނޮވެމްބަރު މަހުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަދޭނަން: ރައީސް

ނޮވެމްބަރު މަހުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަދޭނަން: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
369 ދުވަސް ކުރިން - 27 އޯގަސްޓް 2025 10:19
ރައީސް މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ރައީސް މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

މިޔަރު މަސްވެރިކަމުގެ މަސައްކަތަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި.

މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަން ކުރަން މަސްވެރިންނަށް ހުއްދަދޭން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިމޭރުމުން ވިދާޅުވެފައިވަނީ، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަކީ ކަށި މިޔަރުގެ މަސްވެރިކަން ކުރި ބައެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިޔަރު މަސްވެރިކަމުގެ މަސައްކަތަކީ އެ ސިޓީގެ ރައްޔިތުން ރަނގަޅު އާމްދަނީއެއް ހޯދަމުންދިޔަ މަސައްކަތެއް ކަމަށެވެ.

ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކާއެކު މިޔަރު މަސްވެރިކަމުގެ މަސައްކަތް ފަހުން ހުއްޓިގެންދިޔަ ނަމަވެސް، އެކަމާ ގުޅުންހުރި ގަވާއިދުތައް މުރާޖާ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރައްވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި މެނޭޖްމަންޓް ޕްލޭންގެ ދަށުން ކަށި މިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވަން ނިންމަވާފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ކަށިމިޔަރުގެ މަސްވެރިކަމަށް މަސްވެރިން ތައްޔާރުވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.

Advertisement

Advertisement 1
"އެހެންވީމާ މި މެނޭޖްމަންޓް ޕްލޭންގެ ދަށުން އެކެއް ނޮވެމްބަރުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން." --- ރައީސް ވިދާޅުވި އެވެ.

މިޔަރު މަސްވެރިކަމުގެ މަސައްކަތަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވައިފަ އެވެ.

މިޔަރުގެ މަސްވެރިކަމަށް ކުރަން ހުއްދަ ދޭން ރައީސް ނިންމެވުމުން ގިނަބަޔަކު އަންނަނީ އެމަނިކުފާނުގެ އެނިންމެވުމަށް ތައުރީފްކުރަމުންނެވެ. ސަބަބަކީ ރާއްޖޭގައި މިޔަރުގެ އާބާދީ އިތުރުވެ މިޔަރު ހަމަލާ ދިނުން ފަދަ ހާދިސާތައް އިތުރުވަމުންއަންނަތީ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

6 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

6 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

6 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

8 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

8 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

8 ގަޑިއިރު ކުރިން - 16:42

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%