ދޯންޏެއް ބަންޑުންޖަހާލައި ދިވެއްސަކު މިރޭ ނިޔާވެއްޖެއެވެ.
ތުލުސްދޫ ކައިރިން ހަމީހުންނާއެކު ދަތުރުކުރި ލިއޯ ނަމަކަށް ކިޔާ ދޯނި ބަންޑުން ޖަހާލުމުގެ ސަބަބުން ނިޔާވީ ބ. ކުޑަރިކިލު، ފިނިވާގޭ އަޙްމަދު ޝިހާމެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އޮފިޝަލުން ބުނި ގޮތުގައި ޝިހާމް ފެނުނީ ތުލުސްދޫއިން އޭނާ ހޯދަން ނުކުތް މީހުންނަށް ކަމަށާއި ފެނުނު އިރު ވެސް އޮތީ ނިޔާވެފައެވެ.
މި ހާދިސާ ހިނގީ އެ ދޯނި ދަތުރުކުރަމުން ދަނިކޮށް ފަރަކަށް އަރައިގެން ކަމަށް ވާއިރު ދޯނީގައި ދެން ތިބި މީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްގެ އޮފިޝަލް ބުންޏެވެ.






