ރާއްޖެ އަށް ޑރ ޕެޕާ އެތެރެކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މަނާކޮށްފި އެވެ.
ފުޑް އެންޑް ޑަރަގް އޮތޯރިޓީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އުފައްދާފައިވާ ބުއިމެއް ކަމައްވާ "ޑރ ޕެޕާ" ގައި ހުންނަންޖެހޭ މިންވަރަށް ވުރެ "ބެންޒޮއިކް އެސިޑް" އިތުރުވުމުގެ ސަބަބުން އެ އުފެއްްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް އެންގި އެވެ.
އަދި މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާސް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް މެދުވެރިކޮށް އެ އޮތޯރިޓީއިން ވަނީ މައުލޫމާތު ހިއްސާ ކޮށްފައިކަމަށް އެ ނޫސްބަޔާނުގައި ވެ އެވެ.
އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުންކުރުމަށް އެ އޮތޯރިޓީއިން އަންގާފައިވެ އެވެ.






