Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވަޒީފާގެ ބޮންޑާ ހިލާފުވުމުން އެސްޓީއޯއަށް 7 ލައްކަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި

ވަޒީފާގެ ބޮންޑާ ހިލާފުވުމުން އެސްޓީއޯއަށް 7 ލައްކަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
289 ދުވަސް ކުރިން - 26 އޯގަސްޓް 2025 16:01
ސިވިލް ކޯޓުގެ ނަންބޯޑް: ފޮޓޯ/ އިންޓަނެޓް---
ސިވިލް ކޯޓުގެ ނަންބޯޑް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މި މައްސަލައިގައި ދައުވާ ލިބޭ ފަރާތް މައްސަލައާ ގުޅޭ ލިޔެކިޔުންތަކާ ހަވާލުވެފައިވީ ނަމަވެސް، ދައުވާއަށް ޖަވާބުދާރީވުމަށް ކޯޓަށް ހާޒިރުވެފައި ނުވާކަމަށް ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ ފާހަގަކޮށްފައި.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހަރަދުގައި ރާއްޖެއިން ބޭރުގައި ކިޔެވުމަށް ފުރުސަތު ދިން މުވައްޒަފަކު، އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ ހިލާފުވެ، ކޯސް ފުރިހަމަ ނުކޮށް ވަޒީފާއިން ވަކިވުމާ ގުޅިގެން ހަތް ލައްކަ ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެސްޓީއޯ އިން ސިވިލް ކޯޓުގައި ދައުވާކުރީ އެ ކުންފުނީގެ ސްޕޮންސާޝިޕްގައި 2010 ވަނަ އަހަރު ބެޗްލާސް އޮފް ސައިންސް އިން ފުޑް ސައިންސް އެންޑް ނިއުޓްރިޝަން ކޯހުގައި ބައިވެރިކުރެވުނު މުވައްޒަފު ކަމަށްވާ މަރްޔަމް ހަނާން އެ ކޯސް ފުރިހަމަނުކޮށް، ބޮންޑުގެ މުއްދަތުގައި ވަޒީފާއިން ވަކިވުމާ ގުޅިގެންނެވެ.

ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި، އެސްޓީއޯގެ ހަރަދުގައި ހިންގޭ ކޯސްތަކުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރަށް ފޮނުވާ މުވައްޒަފުންގެ އެއްބަސްވުމުގައި އޭނާ ވަނީ ސޮއިކޮށްފައިވީ ނަމަވެސް އެސްޓީއޯއާއިއެކު ވެފައިވާ އެއްބަސްވުމާއި އޭނާ ހިލާފުވެފައިވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން، އެސްޓީއޯގެ ފަރާތުން ކޯޓުގައި އެދިފައިވަނީ، އެ ކޯހަށް އެސްޓީއޯއިން ކޮށްފައިވާ ހަރަދަށްވާ 770,311.06 ރުފިޔާ އެސްޓީއޯއަށް އަނބުރާ ދެއްކުމަށް މަރްޔަމް ހަނާން މައްޗަށް އަމުރުކޮށް ދިނުމަށެވެ.

Advertisement

Advertisement 1

މި މައްސަލައިގައި ދައުވާ ލިބޭ މަރްޔަމް ހަނާންއަށް މައްސަލައާ ގުޅޭ ލިޔެކިޔުންތަކާ ހަވާލުވެފައިވީ ނަމަވެސް، އޭނާ ދައުވާއަށް ޖަވާބުދާރީވުމަށް ކޯޓަށް ހާޒިރުވެފައި ނުވާކަމަށް ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެސްޓީއޯގެ މުވައްޒަފު އެއްބަސްވުމާއި ހިލާފުވެ، ކޯސް ފުރިހަމަ ނުކޮށް، ބޮންޑުގެ މުއްދަތު ހަމަނުވަނީސް ވަޒީފާއިން ވަކިވެފައިވާތީ، އެސްޓީއޯ އިން ކުރި ހަރަދަށްވާ ހަތް ލައްކަ ރުފިޔާ، މިހިނގާ އޯގަސްޓު މަހުގެ 25 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކައި ހަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެސްޓީއޯސިވިލް ކޯޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖަލުގެ ކުރީގެވެރިޔަކަށް އެއްފަހަރާ ފައިސާ ދިނުމަށް ކޯޓުން އަމުރުކޮށްފި

ޖަލުގެ ކުރީގެވެރިޔަކަށް އެއްފަހަރާ ފައިސާ ދިނުމަށް އަމުރުކޮށްފި

16 ދުވަސް ކުރިން - 13:18

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި: މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 276 މިލިއަނަށް

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

25 ދުވަސް ކުރިން - 15:22

91 އަހަރުގެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރު ކޮށްފި

ނުވަދިހައެއްއަހަރުގެ މީހަކު ބަންދުގައިބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފި

29 ދުވަސް ކުރިން - 14:42

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

އެސްޓީއޯއަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

40 ދުވަސް ކުރިން - 11:10

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

40 ދުވަސް ކުރިން - 11:00

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 5.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް؛ ފައިދާ 785 މިލިއަން

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 785 މިލިއަންގެ އާމްދަނީއެއް

49 ދުވަސް ކުރިން - 23:49