Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހަމްދޫން އައްޔަނުކޮށްފި

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހަމްދޫން އައްޔަނުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
280 ދުވަސް ކުރިން - 26 އޯގަސްޓް 2025 10:48
ހަމްދޫން އަބްދުﷲ ހަމީދު: ފޮޓޯ/ އިންޓަނެޓް---
ހަމްދޫން އަބްދުﷲ ހަމީދު: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ހަމްދޫން ހަމީދަކީ ސަރުކާރުގެ ބައެއް އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެއް.

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ހަމްދޫން އަބްދުﷲ ހަމީދު އައްޔަނުކުރައްވައިފި އެވެ.

ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން ބުނެފައިވާގޮތުން ހަމްދޫން އެމަގާމަށް އައްޔަނުކުރައްވާފައިވަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ޕްލޭނިންގެ މަސައްކަތްތަކުގެ އެޑްވައިޒަރަކަށެވެ. އަދި ރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރެއްވުމަށްޓަކައި ހަމްދޫން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހަމްދޫން ހަމީދަކީ ސަރުކާރުގެ ބައެއް އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި އޭނާ ވަނީ ޕްލޭނިން މިނިސްޓަރުކަމުގެ މަގާމު ފުރުއްވައިފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އިން ސިންގަޕޫރަށް ކަނޑައަޅާފައިވާ ނޮން-ރެސިޑެންޓް ސަފީރަކަމުގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރުކަން ވެސް ހަމްދޫން ކުރައްވާފައި ވެއެވެ.

Advertisement

Advertisement

މި ސަރުކާރުން ނެޝަނަލް ޕްލޭނިންގެ މަސްއޫލިއްޔަތުތައް ކުރިން ހައުސިން މިނިސްޓްރީއާ ހަވާލުކުރައްވާފައިވީ ނަމަވެސް، އެ މިނިސްޓްރީއާ ކުރިން ހަވާލުވެ ހުންނެވި ޑރ. އަލީ ހައިދަރު އަހުމަދު, ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއަށް ބަދަލުކުރުމަށްފަހު، ޕްލޭނިންގެ ހުރިހާ މަސްއޫލިއްޔަތުތަކެއް ވަނީ ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

ދިގު މުއްދަތަކަށް ރާއްޖެ ތަރައްގީކުރުމަށް ނެޝަނަލް ޕްލޭނެއް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދުފުޅު ފުއްދެވުމުގެ ގޮތުން މި މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުވެސް ކޮށްފަ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

3 ގަޑިއިރު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

16 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

23 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

1 ދުވަސް ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

1 ދުވަސް ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%