Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އުދައްޔު މަރާލިކަމަށް ޝަމީމް އާއި މާޒިންގެ މައްޗަށް ކުއް ސާބިތުވެއްޖެ

އުދައްޔު މަރާލިކަމަށް ޝަމީމް އާއި މާޒިންގެ މައްޗަށް ކުއް ސާބިތުވެއްޖެ

އައިޝަތު ޝިފްނާ ހުސައިން
289 ދުވަސް ކުރިން - 25 އޯގަސްޓް 2025 21:00
މާރާމާރީ ހިންގައި މަރާލި އުދައްޔު.
މާރާމާރީ ހިންގައި މަރާލި އުދައްޔު.
ޚުލާސާ

މި މައްސަލައިގައި މީގެ އިތުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްވެސް ހިމެނޭ.

މީގެ ހަތަރު އަހަރު ކުރިން ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެ ރަށު އަހްމަދު އުދައްޔު މަރާލި މައްސަލާގައި، ދެ މީހެއްގެ މައްޗަށް ކުއް ސާބިތު ވެއްޖެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ބުނީ އުދައްޔު މަރާލި ކަމަށް ކުއް ސާބިތުވެފައިވަނީ އަހުމަދު ޝަމީމް، ރިހިފަރުދާގެ/ގއ. މާމެންދޫ، މުހައްމަދު މާޒިން، ގުލްފާމްގެ/ގއ. މާމެންދޫ އަށް ކަމަށެވެ.

މި މައްސަލައިގައި މީގެ އިތުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްވެސް ހިމެނެ އެވެ. ނަމަވެސް އެ ކުއްޖާގެ މައްޗަށް ކުއް ސާބިތުވާ ކަމަށް މީގެ ތިން އަހަރު ކުރިން ވަނީ ކަނޑައަޅައިފައި އެވެ. އޭނާގެ މައްޗަށް އޭރުވަނީ، 25 އަހަރު ބަންދުގައި ބެހެއްޓުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފަ އެވެ.

Advertisement

Advertisement 1

ދައުވާތަކާ މެދު ގޮތެއް ނިންމަވަމުން، ގާޒީ ފާހަގަކުރެއްވި ގޮތުގައި 17 އަހަރުގެ އުދައްޔު މަރުވި ހަމަލާދީފައި ވަނީ އެ ޒުވާނާ އެވެ. އޭނާއާ އެކު އެއް ޖަމާއްތެއްގެ ގޮތަށް، އެކަކު އަނެކަކަށް ވާގިދީ، އެހީތެރިކަން ދޭ އުސޫލުން މާޒިން އާއި ޝަމީމް އެކުގައި ބައިވެރިވެފައިވާ ކަމަށް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި މި ތިން މީހުން، "ކޭވަނެބެއްޔާ" މަގާއި "ކަތިއްބެއްޔާ" މަގާ ގުޅުނު ހަތަރު އަނގޮޅީގައި އެކުގައި މާރާމާރީ ހިންގަން އުޅުނެވެ. އަދި ވަޅި އާއި ތޫނު އެއްޗެއް ހިފައިގެން އެ ތިން މީހުންވެސް އުދައްޔުއާ މާރާމާރީ ހިންގި ކަމަށް ގާޒީ ވިދާޅުވި އެވެ. އެގޮތުން ގަސްތުގައި މީހަކު މަރާލުމުގައި އެ ތިން މީހުންވެސް ބައިވެރިވެފައިވާ ކަމަށް ސާބިތުވާކަމަށް ގާޒީ ވިދާޅުވި އެވެ.

އުދައްޔު މަރާލުމުގެ ދައުވާ އިތުރުޒުވާނެއް ކަމުގައިވާ ޝަރަފް ރަޝީދުގެ މައްޗަށްވެސް ބައިވެރިވެފައިވާ ކަމަށް ސާބިތުވެ އެވެ.

ގއ. މާމެންދޫކްރިމިނަލް ކޯޓު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

1 ދުވަސް ކުރިން - 11:09

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

28 ދުވަސް ކުރިން - 16:32

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައ ދެމީހަކު 25އަހަރަށް ޖަލަށް!

28 ދުވަސް ކުރިން - 16:23

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

29 ދުވަސް ކުރިން - 00:06

ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު 6 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ބްލެކްމެއިލް ކުރި މީހަކު 6 އަހަރަށް ޖަލަށްލައިފި

29 ދުވަސް ކުރިން - 22:27

ޝަހުޒާން އާއި ލީވާން ކޯޓުގެ ހުރުމަތް ކެނޑުމުން ޖަލަށް

ޝަހުޒާން އާއި ލީވާން ކޯޓުގެ ހުރުމަތް ކެނޑުމުން

29 ދުވަސް ކުރިން - 19:32