ބަނގުރާ ކޭސްތަކަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 55 ދުވަސް ކުރިން - 25 އޯގަސްޓް 2025 14:52
މިއަދު ހުޅުމާލޭ ފޭސް އެކަކުން އަތުލައިގަތް ބަނގުރާ ކޭސްތައް: ފޮޓޯ/ ޕޮލިސް---
މިއަދު ހުޅުމާލޭ ފޭސް އެކަކުން އަތުލައިގަތް ބަނގުރާ ކޭސްތައް: ފޮޓޯ/ ޕޮލިސް---
ޚުލާސާ

ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ބަނގުރާ ގެންގުޅެ، އޭގެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް.

ބަނގުރާ ކޭސްތަކަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، މިއަދު ހެނދުނު ހުޅުމާލެ ފޭސް އެކެއް ގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔައިރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޕިކަޕަކަށް ފުލުހުން އަތުން އިޝާރާތްކޮށް އަދި ބަރުގޮނު އަޅައިގެން ވެސް މަޑުކުރަން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑުގައި އަދި ޒިގްޒެކްކޮށް އެކި މަގުތަކުން ދުއްވާފައިވާ ކަމަށެވެ.

އޭނާގެ އަމަލުތައް ހުރި ގޮތުން ފުލުހުން އެ ޕިކަޕު ފަހަތުން ގޮސް ހުއްޓުވައި ޕިކަޕު ދުއްވަންއިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އަދި އެ ޕިކަޕު ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ޕިކަޕު ބަލައިފާސްކުރިއިރު 144 ދަޅު ބަނގުރާ ވަނީ ފެނިފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފަސަލު ރަހްމާން މަޓުމަލް، އިންޑިއާ (28އ) ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ބަނގުރާ ގެންގުޅެ، އޭގެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%