ޣައްޒާގެ މައި ހޮސްޕިޓަލަށް އިސްރާއީލުން ބޮން އަޅައި އެތައް ބަޔަކު ޝަހީދު ކޮށްލައިފި

ޢަބްދުﷲ ޖުނައިދު | 11 ދުވަސް ކުރިން - 25 އޯގަސްޓް 2025 13:51
ކުއްލި ޚަބަރު: ޣައްޒާގެ މައި ހޮސްޕިޓަލަށް އިސްރާއީލުން ބޮން އަޅައި އެތައް ބަޔަކު ޝަހީދު ކޮށްލައިފި
ކުއްލި ޚަބަރު: ޣައްޒާގެ މައި ހޮސްޕިޓަލަށް އިސްރާއީލުން ބޮން އަޅައި އެތައް ބަޔަކު ޝަހީދު ކޮށްލައިފި
ޚުލާސާ

ފުރަތަމަ ޙަމަލާ ދިނުމާއެކު އަނިޔާވި މީހުންނަށް އެހީތެރިވާން މަސައްކަތްކުރުމުން ޔަހޫދީ ސިފައިން ވަނީ ރެސްކިއު ޓީމުތަކަށް އަމާޒުކޮށް އަނެއްކާވެސް ޙަމަލާ ދީފަ. 15 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލައިފި.

ޣައްޒާގެ ދެކުނުގެ މައި ހޮސްޕިޓަލަށް އިސްރާއީލުން ބޮން އަޅައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިއަދު ޔަހޫދީ ޒައެނިސްޓުން ބޮން އެޅީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލުގެ ހަތަރު ވަނަ ފަންގިފިލާއަށެވެ.

އިސްރާއީލުން ދިން މި ވައިގެ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުންނާއި ނޫސް އެޖެންސީތަކުން ބުނެއެވެ.

ފުރަތަމަ މިސައިލް ހޮސްޕިޓަލުގައި ޖެހުމާއެކު މަރުވި މީހުންނާއި އަނިޔާވެފައިވާ މީހުންނަށް އެހީތެރިވާން ފެށުމުން ޔަހޫދީން ވަނީ ރެސްކިއު ޓީމުތަކަށް އަމާޒުކޮށް އަނެއްކާވެސް މިސައިލް ޙަމަލާއެއް ދީފައެވެ.

މި ޙަމަލާގައި މަދުވެގެން 15 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ތިން ނޫސްވެރިން ހިމެނޭ ކަމަށް ޚަބަރުތައް ލިބެ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި މީގެ ތެރެއިން ފުރަތަމަ ޙަމަލާގައި ރޮއިޓާސްގެ ފޮޓޯގްރާފަރު ހާތިމް ޚާލިދު ހިމެނޭ ގޮތަށް ގިނަ ބަޔަކު ޒަޚަމްވެފައިވާއިރު، ދެވަނަ ޙަމަލާގައި އިމަޖެންސީ ރެސްޕޮންޑަރުންގެ ތެރެއިންވެސް ދިހަވަރަކަށް މީހުން ޒަޚަމްވިއެވެ.

މި ހޮސްޕިޓަލަކީ ޣައްޒާގެ ދެކުނުގައި ހުރި އެންމެ ބޮޑު މެޑިކަލް ފެސިލިޓީއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%