Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހދ. އަތޮޅުގައި ޓޫރިޒަމް ފައްކާކުރުމަށްޓަކައި ވަރަށް ގިނަ ކަންކަން އެބަ ކުރަން: ރައީސް

ހދ. އަތޮޅުގައި ޓޫރިޒަމް ފައްކާކުރުމަށްޓަކައި ވަރަށް ގިނަ ކަންކަން އެބަ ކުރަން: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
371 ދުވަސް ކުރިން - 25 އޯގަސްޓް 2025 13:10
ރައީސް މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ރައީސް މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

ހދ. އަތޮޅަކީ ރާއްޖޭގައި ރިސޯޓުތަކާއި ލޯކަލް ޓޫރިޒަމް އެންމެ މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އެއް އަތޮޅު.

ހދ. އަތޮޅުގައި ޓޫރިޒަމް ފައްކާކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިމޭރުމުން ވިދާޅުވީ އެމަނިކުފާނު މިހާރު ހދ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު އެ އަތޮޅު ނާވައިދޫައަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ހދ. އަތޮޅުގައި ޓޫރިޒަމް ނެތް ކަމަށް އޮންނަ ލޭބަލް ކަނޑުވާލަދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އެ އަތޮޅުގެ ރައްޔިތުންނަށް ދެއްވައިފަ އެވެ.

ހދ. އަތޮޅުގެ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަށް ގެންގޮސް، އެ އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަކީ މިހާތަނަށް އެ ނުވެ އޮތް ކަންތައްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ހދ. އަތޮޅާއި، އެފަދަ ޓޫރިޒަމްގެ ސިނާއަތް މަދު އެހެން އަތޮޅުތަކަށް އިންވެސްޓު ކުރާ އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކަކާ އެކު އިންވެސްޓުމެންޓަށް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

Advertisement

Advertisement 1

ހދ. އަތޮޅުގައި ރިސޯޓު ތަރައްގީ ކުރުމަށް އެމްޓީޑީސީއަށް ދޫކޮށްފައިވާ އެ އަތޮޅު ނާގޯށީގެ މަސައްކަތުގެ އެންމެފަހުގެ މައުލޫމާތަށް ވެސް ރައީސް ވަނީ އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން ފިިނޭންސް މިނިސްޓްރީ މެދުވެރިކޮށް ބީއެމްއެލް ތެރެއިން މަގުތަކެއް ފަހިކޮށްދީގެން އެމްޓީޑީސީން ނާގޯށީގެ މަސައްކަތް ފަށަން މިިހާރު މޮބިލައިޒް ކޮށްފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

"އެއީ ވަރަށް ދުވަސްވީ މައްސަލައެއް. ނުހިނގާ، ކުރަން އުޅެ ނުވެފައި. އެހެން ނަމަވެސް، މިހާރު މި މަސައްކަތް މިވަނީ ބާރު ސްޕީޑުގައި ގެންދެވޭނެ ގޮތް އަޅުގަނޑުމެން ފަހިކޮށްދީފައި،" ރައީސް ވިދާޅުވި އެވެ.

ހދ. އަތޮޅަކީ ރާއްޖޭގައި ރިސޯޓުތަކާއި ލޯކަލް ޓޫރިޒަމް އެންމެ މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އެއް އަތޮޅެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

7 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

7 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

7 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

9 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

9 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

9 ގަޑިއިރު ކުރިން - 16:42