އައިސީޔޫގައި އޮތް ވިކްރަމަސިންހަގެ ބަންދުގެ މުއްދަތު މާދަމާ ހަމަވޭ

ޢަބްދުﷲ ޖުނައިދު | 55 ދުވަސް ކުރިން - 25 އޯގަސްޓް 2025 09:53
ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ހޮސްޕިޓަލުގައި: އައިސީޔޫގައި ފަރުވާ ދެމުންދާ ވިކްރަމަސިންހަގެ ޙާލު މިވަގުތު ސްޓޭބަލް ކަމަށް ލަންކާގެ ޤައުމީ ހޮސްޕިޓަލުން ބުނޭ.
ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ހޮސްޕިޓަލުގައި: އައިސީޔޫގައި ފަރުވާ ދެމުންދާ ވިކްރަމަސިންހަގެ ޙާލު މިވަގުތު ސްޓޭބަލް ކަމަށް ލަންކާގެ ޤައުމީ ހޮސްޕިޓަލުން ބުނޭ.
ޚުލާސާ

ކޮރަޕްޝަނުގެ މައްސަލައިގައި ލަންކާގެ ކުރީގެ ރައީސް ވިކްރަމަސިންހަ ހައްޔަރުކުރުމަށްފަހު 4 ދުވަހަށް ބަންދުކުރުމަށް އަމުރުކުރީ މި މަހުގެ 22 ވަނަ ދުވަހު. އޭނާ މިވަގުތު އޮތީ އައިސީޔޫގައި

ކޮރަޕްޝަނުގެ މައްސަލައިގައި މި މަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު ޖެހިގެން އައި ދުވަހު ހާލު ދެރަވި ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް ކޯޓުން ޖަހައިފައިވާ 4 ދުވަހުގެ މުއްދަތު މާދަމާ އަށް ހަމަވާނެއެވެ.

ސްރީލަންކާގެ ނޭޝަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ޙަވާލާދީ ލަންކާގެ ޚަބަރުތައް ބުނާ ގޮތުގައި ވިކްރަމަސިންހަ މިހާރު އޮތީ އައިސީޔޫގައެވެ. ނަމަވެސް، ޙާލު ސްޓޭބަލް އެވެ.

ހަކުރުބައްޔާއި ލޭމައްޗަށް ދިއުމާއި ގުޅިގެން ވެލިކަޑޭ ޕްރިޒަން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލުގެ އިމަޖެންސީ ޔުނިޓަށް ވިކްރަމަސިންހަ ބަދަލުކުރީ މި މަހުގެ 23 ވަނަ ދުވަހުގައެވެ. އޭގެ ފަހުން އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) އަށް ބަދަލުކުރިއެވެ.

ވިކްރަމަސިންހަ ހައްޔަރުކުރުމާއި ގުޅިގެން ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވަނީ ހަމަ އެ ދުވަހު ޖަލު ހޮސްޕިޓަލުގައި ރަނިލް ވިކްރަމަސިންހަ އާއި ބައްދަލުކުރައްވާފައެވެ. އަދި ވިކްރަމަސިންހަ ހައްޔަރުކުރިކުރުން ވަރަށް ބޮޑަށް ކުށްވެރިކޮށް، އެއީ ސިޔާސީ ބަދަލު ހިފުމެއް ކަމަށް ރާޖަޕަކްސަ ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%