މާފަންނުގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އަލިފާން ރޯވެފައިވަނީ މ. އަފްޒާ ގޭގެ ހަވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓެއްގެ ބެލްކަނީގައި ހަރުކޮށްފައި ހުރި އޭސީ އައުޓް ޑޯ ޔުނިޓެއް ގައެވެ. މި ހާދިސާގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފްއިން އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 07:43 ހާއިރުކަމަށާ، ފަޔާފައިޓަރުން ކުރި މަސައްކަތުން އޭސީ އައުޓް ޑޯ ޔުނިޓުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 07:59 ގައި ކަމަށް އެމްއެންޑީއެފްއިން ވަނީ އިތުރަށް ބުނެފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެޕާޓްމަންޓު ތެރެއަށް އަލިފާންގަނޑު ފެތުރި، އެޕާޓްމެންޓަށް އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.









