މުދަލުގެ ޒަކާތުގެ ނިސާބަށް ބަދަލެއް!

އައިޝަތު ޝިފްނާ ހުސައިން | 100 ދުވަސް ކުރިން - 22 އޯގަސްޓް 2025 17:19
ޒަކާތް ބަހަނީ---
ޒަކާތް ބަހަނީ---
ޚުލާސާ

މޯލްޑިވްސް ޒަކާތު ހައުސް އިން ވިދާޅުވީ މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 11،191.95ރ. ކަމަށް.

ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލު އައިސްފައިވާ ކަމަށް ރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން ވިދާޅުވީ މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 11،191.95ރ. ކަމަށެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ) އިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެނެވެ އެވެ.

މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އަހަރެއްވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ ވާޖިބެކެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%