Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އުންމަތުގެ މުސްތަގުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާ އެއްގޮތަށް މުޖުތަމައުގެ އެންމެހައި އަފުރާދުން ފުހިހަމައަށް ބައްޓަންވެގެން: ހުކުރު ހުތުބާ

އުންމަތުގެ މުސްތަގުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާ އެއްގޮތަށް މުޖުތަމައުގެ އެންމެހައި އަފުރާދުން ފުހިހަމައަށް ބައްޓަންވެގެން: ހުކުރު ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
347 ދުވަސް ކުރިން - 22 އޯގަސްޓް 2025 14:04
ސަލްމާން މިސްކިތުގައި ހުކުރު ނަމާދުކުރަނީ: ފޮޓޯ/ އިންޓަނެޓް---
ސަލްމާން މިސްކިތުގައި ހުކުރު ނަމާދުކުރަނީ: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

އުންމަތުގެ އިއްޒަތާއި ގަދަރު އަނބުރާ ލިބޭނީ ﷲގެ މަގަށް މީސްތަކުން އެނބުރިގެންކަމަށް ހުތުބާގައި ވަނީ ބުނެފައި.

އުންމަތުގެ މުސްތަގުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާ އެއްގޮތަށް މުޖުތަމައުގެ އެންމެހައި އަފުރާދުން ފުހިހަމައަށް ބައްޓަންވެގެންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވާ ގޮތުގައި، އިސްލާމީ އުންމަތަށް ހުޅުވާލެވިފައިވާ އެންމެ ފަހި ފުރުސަތަކީ މުސްލިމް ޒުވާނުން، އިސްލާމްދީނާއި އިސްލާމީ ޝަރީއަތާ ގާތްކުރުމަށް ހުޅުވާލެވިފައިވާ ފަހި ފުރުސަތުކަމަށާ، އިސްލާމީ ޝަރީއަތުގެ ރިވެތިކަމާ ފުރިހަމަކަމާ މެދު އެ ޒުވާނުން ހޭލުންތެރިކުރުމުގެ ފަހި ފުރުސަތުކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް އިސްލާމީ ޝަރީއަތުގެ ރިވެތިކަމާ ފުރިހަމަކަމަށް ބީރައްޓެހިވުމުގެ ސަބަބުން އަހަރެމެންގެ އަގީދާއާއި އީމާންތެރިކަމުގެ ރޫހާ ދުރު މަގުތަކަށް ބައެއް ޒުވާނުން ކަސިޔާރު ވަމުންދާކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އަދި މިކަމާ މާޔޫސްވުމުގެ ބަދަލުގައި ރިވެތިގޮތުގައި ނަސޭހަތްތެރިވެ، އިލްމާއި ހިކުމަތާއި، އޯގާތެރިކަމާއެކު އެފަދަ ޒުވާނުންނަށް ހެޔޮމަގު ދައްކައިދޭން ޖެހޭނެ ކަމަށާ، މިކަމަކީ ފަރުދީގޮތުން ކޮންމެ މުސްލިމަކުވެސް އުންމަތައްޓަކައި އަދާކޮށްދޭންޖެހޭ ވާޖިބެއްކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

މިއަދުގެ ހުތުބާގައި ބުނެފައިވާ ގޮތުގައި، އިސްލާމްދީނުގެ އަދުއްވުން ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި، މުސްލިމުންނާއި، އިސްލާމްދީނާ މެދު ދޮގުތައް ފަތުރައި ޝައްކުއުފައްދަމުންދާކަމަށާ، މިކަމުގެ ވިހަ އަސަރު ތައުލީމާއި ތަރުބިއްޔަތަށް ފޯރާކަމަށެވެ. އަދި މިކަމުގެ ސަބަބުން ޅަދަރިންގެ ސިކުނޑިތައް ދޮވެވި، އެކުދިން ފިތުރަތުގެ މަގާ ދުރަށްގޮސް، މާއްދިއްޔަތަށް ގޮސް ހުސްވަމުންދާކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

އިސްލާމީ ޝަރީއަތުގެ ވާހަކަދެއްކުމުން ގިނަ ބަޔަކަށް ވިސްނެނީ އެއީ ވައްކަންކުރާ މީހާގެ އަތްކެނޑުމާއި، ޒިނޭކުރާ މީހާ ރަޖަމްކުރުމާއި، މީހެއްގެ ލޭ އޮހުރުވައިފި މީހާގެ ކިބައިން ގިސާސް ހިފުންކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފަ އެވެ. އެހެންނަމަވެސް ހަގީގަތަކީ އިސްލާމީ ޝަރީއަތުގެ ބިންގަލުގެ މަތީގައި މުޖުތަމައެއް ބިނާވެއްޖެނަމަ މިނިވަންކަމާއި، އަމާންކަމާއި، ތަރައްގީއާއި، ކުރިއެރުން އެ މުޖުތަމައަކަށް ލިބިގެންދާނެކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

މުސްލިމުން އިސްލާމީ ޝަރީއަތުގައި ސާބިތުވެ އެއްބައިވަންތަކަންމަތީ ތިބި ދުވަސްވަރު އިސްލާމީ އުންމަތަކީ އާރާއި ބާރު ހުރި އުންމަތެއް ނަމަވެސް، މިއަދު މުސްލިމުން ބައިބައިވެ، ދުޝްމަނުންގެ ކުރިމަތީގައި ނިކަމެތިވުމުގެ ސަބަބަކީ އިސްލާމީ ތައުލީމާއި، އިސްލާމީ ޝަރީއަތާ ދުރުވެ ބީރައްޓެހިވުންކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އަދި އުންމަތުގެ އިއްޒަތާއި ގަދަރު އަނބުރާ ލިބޭނީ ﷲގެ މަގަށް މީސްތަކުން އެނބުރިގެންކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

4 ދުވަސް ކުރިން - 12:57

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

11 ދުވަސް ކުރިން - 12:55

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

18 ދުވަސް ކުރިން - 13:00

ކީރިތި ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް: ހުތުބާ

"ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް"

25 ދުވަސް ކުރިން - 13:00

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން: ހުތުބާ

"ނަހަމަގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން"

32 ދުވަސް ކުރިން - 14:29

ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ހިޔާނަތެއް: ހުތުބާ

ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް: ހުތުބާ

39 ދުވަސް ކުރިން - 13:33