Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެކުއަކަލްޗާގެ މަސައްކަތް ކުރުމަށް ފަޅުރަށް ދޫކުރަން ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި

އެކުއަކަލްޗާގެ މަސައްކަތް ކުރުމަށް ފަޅުރަށް ދޫކުރަން ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
330 ދުވަސް ކުރިން - 21 އޯގަސްޓް 2025 17:01
ހދ. ހިރިނައިދޫ---
ހދ. ހިރިނައިދޫ---
ޚުލާސާ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އެކުއަކަލްޗާގެ މަސައްކަތްތައް ކުރުމަށް ދޫކުރަން ހުޅުވާލީ ފަސް ފަޅުރަށާއި ދެ ފަޅެއް.

އެކުއަކަލްޗާގެ މަސައްކަތްތައް ކުރުމަށް ފަޅުރަށް ދޫކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އެކުއަކަލްޗާގެ މަސައްކަތްތައް ކުރުމަށް ދޫކުރުމަށް ހުޅުވާލީ ފަސް ފަޅުރަށާއި ދެ ފަޅެކެވެ. އެކުއަކަލްޗާގެ މަސައްކަތްކުރުމަށް މިނިސްޓްރީން ހުޅުވާލި ރަށްތަކާއި ފަޅުތަކުގެ ތެރޭގައި ހަތް ތަނެއް ހިމެނެ އެވެ. އެ ހަތް ތަނަކީ ހދ. ހިރިނައިދޫ، ރ. މާދޫނިފަރު، ރ. ދިގުފަރު، ރ. ފަސްގަނޑުފަރު، މ. ވަންނެރު ފަސްގަނޑު، މ. އަތޮޅުގެ ފަޅެއްގެ އިތުރުން ތ. އަތޮޅުގެ ފަޅެކެވެ.

މި މަސައްކަތް ކުރުމަށް ދޫކުރާ ފަޅުރަށްތަކާއި ފަޅުތައް ދޫކުރާނީ 21 އަހަރު ދުވަހުގެ މުއަދަތަކަށެވެ. މި މަސައްކަތަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ މިހާރަށްވުރެ އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެއްކަން ފާހަގަކޮށްލަންޖެހެ އެވެ.

Advertisement

Advertisement 1

ފިޝަރީޒް މިނިސްޓްރީން ދޫކުރުމަށް ހަމަޖެހިފައިވާ ރަށްތަކަށް ބީލަން ހުށަހެޅުމުގެ މުއްދަތު މި އަހަރުގެ ނޮވެންބަރު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. މި ބީލަމާ ގުޅޭ ޑޮކިއުމަންޓް ވިއްކުން މިއަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ބިޑް ޑޮކިއުމަންޓެއްގެ އަގަކީ 20,000 ރުފިޔާ އެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމުގެ އިތުރުން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް، ބީލަމަށް ހުށަހެޅޭ ރަށްތައް ބަލައިލުމުގެ ފުރުސަތު ދިނުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކަނޑުމަސްވެރިކަމުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ޕްލެޓްފޯމެއް ގާއިމުކުރަނީ

ކަނޑުމަސްވެރިކަމުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ޕްލެޓްފޯމެއް ގާއިމުކުރަނީ

6 ދުވަސް ކުރިން - 21:14

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހަމަވަނީ

ފިޝަރީސް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހަމަވަނީ

30 ދުވަސް ކުރިން - 22:08

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

31 ދުވަސް ކުރިން - 12:32

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ

44 ދުވަސް ކުރިން - 17:27

މެއި މަހު މަސްވެރިން ބޭނި މަހަށް 31 މިލިޔަން ރުފިޔާ މިފްކޯއިން ދޫކޮށްފި

މެއި މަހު މަސްވެރިން ބޭނި މަހަށް 31 މިލިޔަން ރުފިޔާ ދޫކޮށްފި

44 ދުވަސް ކުރިން - 21:54

މިފްކޯ ހިންގަން މިހާރު ސަބްސިޑީއެއް ނުދޭ، އެއީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏެއް: ޝިޔާމް

މިފްކޯ ހިންގަން މިހާރު ސަބްސިޑީއެއް ނުދޭނެ: ޝިޔާމް

58 ދުވަސް ކުރިން - 13:05