ކޮފްސީ ކޮފްސިރަޕް ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާ ކޮށްފި

އައިޝަތު ޝިފްނާ ހުސައިން | 5 ގަޑިއިރު ކުރިން - 20 އޯގަސްޓް 2025 18:23
ކޮފްސީ ކޮފް ސިރަޕް.--ފޮޓޯ:ސަން
ކޮފްސީ ކޮފް ސިރަޕް.--ފޮޓޯ:ސަން
ޚުލާސާ

މިއަދުން ފެށިގެން އެ ފަދަ ޕްރޮޑަކްޓް ރާއްޖެ އެތެރެ ކުރުމާއި، ވިއްކާ ވިޔަފާރިކުރުން އަދި ބޭނުންކުރުން މަނާ ކަމެއްގެ ގޮތުގައި އެ ކުންފުނިން ދެންނެވި.

ކޮފްސީ ކޮފްސިރަޕް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މިއަދު ނެރުނު އިުލާނެއްގައި ބުނީ، ރާއްޖޭގެ މާކެޓުގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު، ރައްކާތެރި ބޭސްކަން ކަށަވަރު ކުރުމަށްޓަކައި އެ އޮތޯރިޓީގެ ފަރާތުން މެދުކެނޑުމެއްނެތި ދަނީ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެެވެ.

އެގޮތުން ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ ބޭހުގެ މާކެޓު ސާވެއިލަންސް ކުރުމުގެ މަސައްކަތުގެ ތެރެއިން، ކޮފްސީ ކަފް ސިރަޕުން ވަނީ ކޮލިޓީ ގެ މައްސަލަތަކެއް ފާހަގަކުރެވިފައިކަމަށް އެ އޮތޯރިޓީއިން ބުންޏެވެ.

އެގޮތުން މިއަދުން ފެށިގެން އެ ފަދަ ޕްރޮޑަކްޓް ރާއްޖެ އެތެރެ ކުރުމާއި، ވިއްކާ ވިޔަފާރިކުރުން އަދި ބޭނުންކުރުން މަނާ ކަމެއްގެ ގޮތުގައި އެ އޮތޯރިޓީ ދެންނެވި އެވެ.

އަދި އެއްވެސް ފާމަސީއެއްގައި އެ ބޭސް ހުރި ނަމަ، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް އެ އޮތޯރިޓީ އިން އެދެ އެވެ.

އިތުރަށް އެ އޮތޯރިޓީއިން ބުނީ އެ ބޭސް ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް އެއްވެސް ފަރާތަކުން ސިއްހީ މައްސަލައެއް ދިމާވެގެން އެ އޮތޯރިޓީ އަށް ރިޕޯޓު ކޮށްފައި ނުވާކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%