ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް އަންނަ އަހަރު ފެށޭނެ: ރައީސް

އައިޝަތު ޝިފްނާ ހުސައިން | 15 ގަޑިއިރު ކުރިން - 20 އޯގަސްޓް 2025 16:53
ތޮއްޑޫ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައި ވާހަކަދައްކަވަނީ.--ފޮޓޯ:ހުލާސާ
ތޮއްޑޫ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައި ވާހަކަދައްކަވަނީ.--ފޮޓޯ:ހުލާސާ
ޚުލާސާ

އެރަށުގައިބހޭންޑްބޯލް ކޯޓެއް ހަދައި، އިތުރަށް ރައީސް ވިދާޅުވީ އެ ރަށުގައި ސްޕޯޓް ފިޝިން ގާއިމުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި.

އއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ތޮއްޑޫއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސީޕްލޭން ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ފެބްރުއަރީގައި ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސީޕްލޭންގެ ހިދުމަތް ފެށުމުން ކަނޑުގަދަވާ ދުވަސްތަކަށް ޓޫރިޒަމްގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ކަންބޮޑުވުމާއި ދަތިތަކަށް ހާއްސަކޮށް ފަސޭހަކަން ލިބިގެންދާނެކަމަށެވެ.

އެ ރަށުގެ ފާލަމުގެ މަޝްރޫއު އާއި ތޮއްޑޫގެ ސްކޫލަށް ނުހަނު ބޭނުންވެފައިވާ ކްލާސްރޫމް ތަކާއި، ސައިންސް ލެބް ހިމެނޭ މަޝްރޫއު ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާތަކާއި ކުންފުނިތަކުން ވަރަށް ބޮޑު ސަމާލު ކަމާއި އިސްކަން ދީގެން ނިންނަމައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަމަ އެއާއިއެކު އެ ރަށުގައި ފެށިފައިވާ 30 އެނދުގެ ސިއްހީ މަރުކަޒުގެ މަޝްރޫއު އަމަލީ ގޮތުން ފެށުމުގެ ހުރިހާ ކަމެއް ފެށުމުގެ މަސައްކަތް ނިމިފައިވާކަމަަށް ރައީސް ވިދާޅުބި އެވެ.

މީގެ އިތުރުން ރައީސް ފާހަގަކުރެއްވީ އެރަށުގެ ފުޓުބޯޅަ ދަނޑުގައި ލައިޓު ޖަހައި، ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒެއް ގާއިމުކުރުމާއި، އައުޓް ޑޯ ޖިމެއް ގާއިމުކުރުމުގެ މަޝްރޫއު މި އަހަރު ތެރޭގައި ކުރިއަށް ދާނެ ކަަމަށެވެ.

އަދި އެރަށުގައިބހޭންޑްބޯލް ކޯޓެއް ހަދައި، އިތުރަށް ރައީސް ވިދާޅުވީ އެ ރަށުގައި ސްޕޯޓް ފިޝިން ގާއިމުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%