Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިހާރުން މިހާރަށް 9 ބުލޮކް ހުސްކޮށްނުލައިފިނަމަ އެންމެން މަރާލާނެކަމުގެ އިންޒާރު އިސްރާއީލުން ދީފި

މިހާރުން މިހާރަށް 9 ބުލޮކް ހުސްކޮށްނުލައިފިނަމަ އެންމެން މަރާލާނެކަމުގެ އިންޒާރު އިސްރާއީލުން ދީފި

ޢަބްދުﷲ ޖުނައިދު
375 ދުވަސް ކުރިން - 20 އޯގަސްޓް 2025 16:40
ޣައްޒާ ސިޓީ އާއި ޖަބަލިޔާގެ ބައެއް ސަރަޙައްދުތަކުގައިވާ ގެދޮރުތައް ދޫކޮށް ދިޔުމަށް ބުނެ އިންޒާރު ދިނުމުގެ ގޮތުން މިއަދު އިސްރާއީލުގެ ޑްރޯންތަކުން ޣައްޒާގެ މަގުމައްޗަށް އަޅާފައިވާ އިންޒާރުގެ ނޯޓެއް މީހަކު ނަގައިގެން.
ޣައްޒާ ސިޓީ އާއި ޖަބަލިޔާގެ ބައެއް ސަރަޙައްދުތަކުގައިވާ ގެދޮރުތައް ދޫކޮށް ދިޔުމަށް ބުނެ އިންޒާރު ދިނުމުގެ ގޮތުން މިއަދު އިސްރާއީލުގެ ޑްރޯންތަކުން ޣައްޒާގެ މަގުމައްޗަށް އަޅާފައިވާ އިންޒާރުގެ ނޯޓެއް މީހަކު ނަގައިގެން.
ޚުލާސާ

ޣައްޒާ ސިޓީއާއި ޖަބާލިއާ އަށް މިއަދު އިސްރާއީލުން އެޅި ކަރުދާސްތަކުގައި 9 ބްލޮކުގައި ދިރިއުޅޭ ހުރިހާ އެންމެން ގެދޮރު ދޫކޮށްލުމަށް ވަނީ އަމުރު ކޮށްފަ.

ޣައްޒާ ސިޓީ އާއި ޣައްޒާގެ އަވަށްޓެރި ޖަބަލިއާގައި ނުރައްކާތެރި އިތުރު އޮޕަރޭޝަނެއް ވަރަށް އަވަހަށް ހިންގަފާނެ ކަމުގެ ސިގުނަލެއް އިސްރާއީލުން މިއަދު ދީފިއެވެ.

އިސްރާއީލުގެ ހައްދުފަހަނައެޅި ސިފައިން ވަނީ ބޮޑުވަޒީރު މުޖުރިމު ނަތަންޔާހޫގެ އޯޑަރަށް ޑްރޯން ތަކުގައި ޣައްޒާ ސިޓި އާއި ޖަބަލިޔާގެ ބައެއް ސަރަޙައްދުތައް އެކީއެކަށް ހުސްކުރުމަށް މިއަދު އިންޒާރުގެ ނޯޓުތަކެއް އަޅާފައެވެ.

ޢާންމުކޮށް މިގޮތަށް އިންޒާރުގެ ކަރުދާހެއް އަޅާނަމަ މާ ގިނަ އިރެއް ނުވެ ޔަހޫދީ އަނިޔާވެރި ޒައެނިސްޓުން އެ މީހުންގެ ޙަމަލާތައް ފަށައެވެ. އަދި ނުރައްކާތެރި ބޮޑެތި ލޭއޮހޮރުވުންތައް ހިންގުމަށް ވައިގެ މަގުން ބޮން އަޅައި ދިރިތިއްބާ ޣައްޒާ މުސްލިމުންގެ ގައިގައި ރޯކޮށްލައި ޝަހީދުކޮށްލައެވެ. މިއީ މީގެ ކުރިން ކަންތައް ކޮށްފައިވާ ގޮތެވެ.

Advertisement

Advertisement 1

ޚަބަރުތައް ބުނާ ގޮތުގައި ޣައްޒާ ސިޓީއާއި ޖަބާލިއާ އަށް މިއަދު ވައްޓައިލި ކަރުދާސްތަކުގައި ހައްދުފަހަނަ އެޅި ޓެރަރިސްޓު ޔަހޫދީން ދީފައިވާ އިންޒާރަކީ 9 ބްލޮކުގައި ދިރިއުޅޭ ހުރިހާ އެންމެން ވެސް ގެދޮރު ދޫކޮށް ދިޔުމަށެވެ. އެއީ ބްލޮކް ނަމްބަރު 760، 975، 976، 1805، 1812، 1813، 1814، 1815، 1816، އަދި 1818 އެވެ.

މި 9 ބުލޮކުގައި އެތައް ހާސް އާއިލާއެއް ދިރިއުޅެމުންދާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ހަނގުރާމަ ފެށުނު ފަހުން އެތައް ފަހަރަކު ގެދޮރު ގެއްލިފައިވާ ރެފިއުޖީންނެވެ.

ފޮޓޯގައި ރަތްކުލައިން ފާހަގަކޮށްފައި އެ ވަނީ ނުރައްކާތެރި ލޭ އޮރުވުމެއް ހިންގަފާނެ ކަމަށް ބެލެވޭ ސަރަޙައްދެވެ. ތީރެއް ކުރަހައި ދައްކާފައި އެ ވަނީ، މިދެންނެވި 9 ބުލޮކުގެ މީހުން އެމީހުންގެ ގެތައް އިސްރާއީލް ސިފައިން ބޭނުން ގޮތެއް ހެދުމަށް އެ މީހުންނަށް ދޫކޮށްލާފައި، ގެތަކުގައި ދިރިއުޅޭ މުސްލިމުން ދިޔުމަށް އިސްރާއީލު ސިފައިން އަމުރުކުރާ ދިމާއެވެ. އެއީ ޣައްޒާ ސިޓީގެ ދެކުނުގައިވާ ރެފިއުޖީ ކޭމްޕުތައް ހުންނަ ދިމާލެވެ.

ޣައްޒާގެ ދެކުނު އޮތީ މިހާރު ވެސް ގަދަކަމުން ގެދޮރުން ނެރެލާފައިވާ މުސްލިމުންނާއިގެން ތޮއްޖެހިފައެވެ. އެ ތަނުގައި އިތުރަށް ގެދޮރު ގެއްލިފައިވާ މީހުން ބައިތިއްބާނެ ޖާގައާއި ވަޞީލަތެއް ވެސް ނެތް ކަމަށް ޚަބަރުތައް ބުނެއެވެ.

އެތައް ހާސް މުސްލިމު ކުޑަކުދިންނާއި އަންހެނުންގެ ޤާތިލު ނަތަންޔާހޫގެ އަމުރަށް ހައްދުފަހަނަ އަޅަފައިވާ އޭނާގެ ޒައެނިސްޓް ޖަމާޢަތުން މި 9 ބުލޮކް ސުންނާފަތި ކޮށްލަން މިއަދު ނޯޓުތައް އެޅިއިރު އެމެރިކާ އާއި ފުރާންސުން މި ހަނގުރާމަ އާއި ގުޅުމަށް 700 މީހުން ގެނައުމަށް ނަތަންޔާހޫ ވަނީ ނިންމާފައެވެ.

ޣައްޒާއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

15 ގަޑިއިރު ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

2 ދުވަސް ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

8 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

8 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

11 ދުވަސް ކުރިން - 19:36

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާ ފަސްގަނޑުން އަދިވެސް ފެންނަނީ ހަށިގަނޑުތައް

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާއިން އަދިވެސް ފެންނަނީ ހަށިގަނޑުތައް

18 ދުވަސް ކުރިން - 14:25