ތޮއްޑޫގައި އޭޓީއެމް، ޑޮލަރުގެ ހިދުމަތާއި އެކު ރަސްމީކޮށް ފަށައިފި

އައިޝަތު ޝިފްނާ ހުސައިން | 7 ގަޑިއިރު ކުރިން - 20 އޯގަސްޓް 2025 15:21
ތޮއްޑޫ ގައި އޭޓީއެމް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެނީ.--ފޮޓޯ:ރައީސް އޮފީސް
ތޮއްޑޫ ގައި އޭޓީއެމް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެނީ.--ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ބީއެމްއެލް އިން "މުޅި ރާއްޖެ އަށް ބިއެމްއެލް އޭޓީއެމް" ގެ ދަށުން މިހާރު ވަނީ އއ. އަތޮޅުގެ ގެ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމުކޮށްފަ.

އއ. ތޮއްޑޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއްގެ ބިންގާ އަޅައި ޑޮލަރު އޭޓީއެމްއެމްގެ ހިދުމަތް ފަށައިފި އެވެ.

ތޮއްޑޫގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވީ، އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މި ދަތުރުފުޅުގައި ތޮއްޑޫގައި ބީއެމްއެލްގެ ހިދުމަތް ފުޅާކުރަން އާ އިމާރާތެއްގެ ބިންގާ ވެސް ވަނީ އަޅައިފަ އެވެ.

ބީއެމްއެލުން ބުނީ ތޮއްޑޫގައި ޑޮލަރު އޭޓީއެމް ހުޅުވަން ނިންމީ އެ ރަށަކީ ޓޫރިޒަމް ކުރިއަރާފައިވާ ރަށަކަށް ވުމާއި އެ ރަށުގެ ގިނަ ވިޔަފާރިތަކަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވާތީ ކަމަށެވެ. ޑޮލަރު އޭޓީއެމްގެ ސަބަބުން އެ ރަށުގައި ޓޫރިޒަމްގައި ހަރަކާތްރެރިވާ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލް އިން "މުޅި ރާއްޖެ އަށް ބިއެމްއެލް އޭޓީއެމް" ގެ ދަށުން މިހާރު ވަނީ އއ. އަތޮޅުގެ ގެ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމުކޮށްފަ އެވެ.

ޝަރީފް ވިދާޅުވީ ވަނީ އެ ބޭންކުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ފަސޭހައިން ބީއެމްއެލްގެ ހިދުމަތް ލިބޭނެހެން ބޭންކުގެ ހިދުމަތް ފުޅާކުރުމުގެ އަޒުމުގައި ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބީއެމްއެލް އިން އަންނަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 41 ބްރާންޗް، 144 ސެލްފްސާވިސް ބޭންކިން ސެންޓަރު، 200 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުންނެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%