ގަވާއިދާ ހިލާފަށް ރާއްޖެއަށް ވަދެ އުޅުނު މަސްބޯޓެއް ހިފަހައްޓައިފި

އައިޝަތު ޝިފްނާ ހުސައިން | 2 ގަޑިއިރު ކުރިން - 20 އޯގަސްޓް 2025 12:06
ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު މަސްދޯނި.--ފޮޓޯ:އެމްއެންޑީއެފް
ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު މަސްދޯނި.--ފޮޓޯ:އެމްއެންޑީއެފް
ޚުލާސާ

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި އެ ދޯނީގައި ތިބީ ހަ މީހުން.

ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ މަސްބޯޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓު ފެނިފަިއިވަނީ ކ. ދިއްފުއްޓާ ދިމާ އިރުމަތިން ރާއްޖެ ހާއްސަ އިގްތިސާދީ ސަރަހައްދުން ކަމަށެވެ.

އަދި އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި އެ ދޯނީގައި ތިބީ ހަ މީހުންނެވެ.

އިތުރަށް އެމްއެންޑީއެފުން ހާމަކުރެއްވީ އެއީ ސްރީލަންކާ އަށް ނިސްބަތްވާ ދޯންޏެއް ކަމަށެވެ. އަދި މިހާރު އެ ދޯނި ވަނީ އެމްޕީއެސް އާއި ހަވާލު ކުރެވިފައި ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ރާއްޖެއަށް ބޭރުން ގަވާއިދާ ހިލާފަށް އެކި ކަހަލަ ބޯޓުފަހަރު އަންނަ މައްސަލަތައް މަދުން ނަމަވެސް ފެންމަތިވެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%