Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާ ސުންނާފަތިކޮށްލުމަށް އެމެރިކާއާއި ފުރާންސުން 700 ހަނގުރާމަވެރިން ގެންނަނީ

ޣައްޒާ ސުންނާފަތިކޮށްލުމަށް އެމެރިކާއާއި ފުރާންސުން 700 ހަނގުރާމަވެރިން ގެންނަނީ

ހުސައިން އިސްމާއިލް
339 ދުވަސް ކުރިން - 20 އޯގަސްޓް 2025 10:59
ކުއްލި ޚަބަރު: ޣައްޒާ ސުންނާފަތިކޮށްލުމަށް އެމެރިކާއާއި ފުރާންސުން 700 ހަނގުރާމަވެރިން ގެންނަނީ
ކުއްލި ޚަބަރު: ޣައްޒާ ސުންނާފަތިކޮށްލުމަށް އެމެރިކާއާއި ފުރާންސުން 700 ހަނގުރާމަވެރިން ގެންނަނީ
ޚުލާސާ

ޣައްޒާ ހަނގުރާމައިގައި ސިފައިން މަދުވުމާއި ގުޅިގެން، ރެކްރޫޓް ކޮށްފައިވާ 700 ސިފައިން ވޮލެންޓިއަރުންގެ ގޮތުގައި އެމެރިކާއިންނާއި ފުރާންސުން ގެނައުމަށް ނަތަންޔާހޫ މަޝްވަރާކޮށްފި.

ޣައްޒާ ގައި ނުރައްކާތެރި ޤަތުލުޢާންމެއް ހިންގަން އިސްރާއީލުގެ ބައެއް ސިފައިން ދެކޮޅުހަދަމުންދާ ދަނޑިވަޅެއްގައި އެމެރިކާ އާއި ފުރާންސުން 700 ހަނގުރާމަވެރިން ގެންނަން ހައްދުފަހަަނަ އަޅާފައިވާ ޒައެނިސްޓް ބޮޑުވަޒީރު ނަތަންޔާހޫ މަޝްވަރާ ކޮށްފިއެވެ.

ޖެރޫސެލަމް ޕޯސްޓުން ބުނާ ގޮތުގައި ނަތަންޔާހޫ ބޭނުމީ ވޮލެންޓިއަރުންގެ ގޮތުގައި މަދުވެގެން 700 ހަނގުރާމަވެރިންނެވެ. އެ މީހުން ގެންނަނީ އެމެރިކާ އާއި ފުރާންސުން ރެކްރޫޓް ކޮށްގެންނެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި 700 މީހުންނަކީ ނުރައްކާތެރި އަދި ލާއިންސާނީ ޖަރީމާތައް ހިންގުމުގައި ފަސްނުޖެހޭނެ މީހުންނެވެ.

Advertisement

Advertisement 1

ގާތްގަނޑަކަށް ދެއަހަރާއި ގާތްކުރަމުންދާ ޣައްޒާ ހަނގުރާމައިގައި އިސްރާއީލަށް މިހާރު ވަނީ އަސްކަރީ ސިފައިންގެ ވަރަށް ބޮޑު ދަތިކަމަކާއި ކުރިމަތިލާން ޖެހިފައި ކަމަށް ރިޕޯޓް ތަކުން ބުނެއެވެ. އަނެއްކޮޅުން ބަލާއިރު ހިބްރީ ޔުނިވާސިޓީން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އިސްރާއީލުން ޣައްޒާގައި ޙަރަކާތްތެރިވާ ސިފައިން ވަނީ ޙަމާސް ބަލި ނުކުރެވުމުގެ ސަބަބުންނާއި ގަދަބާރުން ވެސް ރަހީނުން މިނިވަން ނުކުރެވުމުގެ ސަބަބުން ސިފައިންގެތެރެއިން ގާތްގަނޑަކަށް %70 މީހުން މާޔޫސްވެ، ޣައްޒާއިން ފޭބުމަށް ނިންމާފައެވެ.

އިސްރާއީލުގެ ބައެއް ސިފައިންނާި ޙަވާލާދީ ނުރަސްމީ ޗެނަލްތަކުން ބުނާ ގޮތުގައި ދެއަހަރުވަންދެން ހުއްޓުމެއް ނެތި ހަނގުރާމަ ކޮށްގެން ވެސް ރަހީނުން މިނިވަން ނުކުރެވުމާއި ޣައްޒާއިން ޙަމާސްގެ ބާރު ކަނޑުވާލުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ. ޚާއްޞަކޮށް ހަމާސް ޓަނަލް ނެޓްވޯކް ފަދަ ޓެކްޓިކަލް ގޮންޖެހުންތަކަކީ އިސްރާއީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ހުރަސްތަކެވެ.

ޣައްޒާ ސުންނާފަތިކޮށްލުމަށް އެމެރިކާ އާއި ފުރާންސުން ޔަހޫދީ ވޮލެންޓިއަރުން ހޯދުމަށް ނަތަންޔާހޫ މަޝްވަރާ ކުރަމުންދާއިރު އެމެރިކާއިން ވެސް އަދި ފްރާންސުންވެސް މީޑިއާގައި މި ވާހަކަތައް ދޮގު ކޮށްފައެއް ނުވެއެވެ.

ޣައްޒާއެމެރިކާފްރާންސްކުއްލި ޚަބަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

11 ގަޑިއިރު ކުރިން - 20:07

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

2 ދުވަސް ކުރިން - 20:16

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

6 ދުވަސް ކުރިން - 04:01

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

އީރާނުން އެމެރިކާ ސިފައިންނަށް މިސައިލުން ޙަމަލާއެއް ދީފި

އީރާނުން އެމެރިކާ ސިފައިންނަށް މިސައިލުން ޙަމަލާއެއް ދީފި

7 ދުވަސް ކުރިން - 14:01

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

11 ދުވަސް ކުރިން - 01:58