Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭއަށް އުދައެރުމާއި ރަށް ގިރުމުން ރައްކާތެރިކުރުމަށް ސެމިނާއެއް ބާއްވައިފި

ރާއްޖޭއަށް އުދައެރުމާއި ރަށް ގިރުމުން ރައްކާތެރިކުރުމަށް ސެމިނާއެއް ބާއްވައިފި

އައިޝަތު ރުވާ ރިފްޢަތު
329 ދުވަސް ކުރިން - 20 އޯގަސްޓް 2025 09:48
އުދައެރުމާއި ގޮނޑުދޮށް ގިރުމުން ރައްކާތެރިވުމާއި ގުޅޭގޮތުން ބޭއްވި ސެމިނާ
އުދައެރުމާއި ގޮނޑުދޮށް ގިރުމުން ރައްކާތެރިވުމާއި ގުޅޭގޮތުން ބޭއްވި ސެމިނާ
ޚުލާސާ

މި ސެމިނާގެ ބޭނުމަކީ، ގޮނޑުދޮށް ގިރުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކާތެރިވުމަށް ޤުދުރަތީ ހައްލުތައް ހޯދުމަށް ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ މާހިރުންގެ މެދުގައި މަޝްވަރާކުރުން.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގޮނޑުދޮށްތައް ގިރުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލަށް ހައްލު ހޯދުމުގެ ގޮތުން، ރާއްޖޭގައި އުދައެރުމުގެ ނުރައްކަލާ ދެކޮޅަށް ރައްކާތެރިވުމަށް ބައިނަލްއަގުވާމީ ފެންވަރުގެ މާހިރުން ބައިވެރިވި މަތީ ފެންވަރުގެ ސެމިނާއެއް މިމަހުގެ 17 ވަނަ ދުވަހު ކާމިޔާބުކަމާއެކު ބާއްވައިފި އެވެ.

ސަޕްލައި މެޓާސް ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ސެމިނާ އިންތިޒާމުކޮށްފައިވަނީ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ ދާއިރާގައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ ސޮލްމެކްސް ކުންފުންޏާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ގުޅިގެންކަމަށެވެ. މި ސެމިނާގެ މައިގަނޑު މަގުސަދަކީ، ގޮނޑުދޮށްތަކާ ކައިރީގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވަމުންދާ ރަށްގިރުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، އަދި އުމްރާނީ ވަސީލަތްތަކަށް ކުރިމަތިވާ ނުރައްކާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ގުދުރަތީ ވަސީލަތްތަކުގެ އެހީގައި އީޖާދުކުރެވިފައިވާ އާ ހައްލުތައް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގެ މާހިރުންނާއި، އިންޖިނިއަރުންނާއި، ރާއްޖޭގެ ތަޖުރިބާކާރުން ބައްދަލުކޮށް މަޝްވާރާ ކުރުން ކަމަށް ސަޕްލައި މެޓާސް ކުންފުނިން ފާހަގަކުރި އެވެ.

މި ސެމިނާގައި ވާހަކަ ދެއްކެވީ މަޝްހޫރު މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ސެލްފް-އެސެމްބްލީ ލެބޯޓަރީގެ މުއައްސިސް، ޕްރޮފެސާ ސްކައިލާ ޓިބިޓްސްއެވެ. ސަޕްލައި މެޓާސް ކުންފުނިން ބުނިގޮތުގައި، އެމްއައިޓީގެ ސެލްފް-އެސެމްބްލީ ލެބުން އިންވެންޓްރާ މޯލްޑިވްސްއާ ގުޅިގެން، ރަށްތައް ގުދުރަތީގޮތުން ބޮޑުވެ އަދި ތަރައްގީވާނެ ގޮތްތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އާ ދިރާސާތަކެއް ކުރަމުންދާކަމަށާއި މި ދިރާސާތަކުގެ ނަތީޖާއިން ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މުސްތަގުބަލާ ގުޅޭގޮތުން އާ އުންމީދުތަކެއް ފާޅުވެގެންދާނެ އެވެ.

Advertisement

Advertisement 1

އެގޮތުން، ސެމިނާގައި ބައިވެރިވި މާހިރުންގެ ޕެނަލުން ބައިނަލްއަވާމީ އަދި ރާއްޖޭގެ ފެންވަރުގައި ލިބިފައިވާ އެތައް އަހަރެއްގެ ތަޖުރިބާ ހިއްސާކުރިއެވެ. މި މަޝްވަރާތަކުގައި ސައިންސާއި، އިންޖިނިއަރިން އަދި އެކުގައި މަސައްކަތްކޮށްގެން ކުރެވޭ ޑިޒައިންތަކުގެ އެހީގައި ގުދުރަތީ ކަންކަމާ އެއްގޮތަށް މަސައްކަތްކޮށްގެން އެންމެ ރައްކާތެރި، ވަރުގަދަ އަދި ބަދަލުތަކަށް ފަސޭހައިން ލޮޅުން ނުދޭނެ ގޮނޑުދޮށްތައް ބިނާކުރެވޭނެ ގޮތްތައް ފާހަގަކުރެވުނެވެ.

ސަޕްލައި މެޓާސް ކުންފުނިން ބުނީ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ ދާއިރާގައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަރާފައިވާ ކުންފުންޏެއް ކަމުގައިވާ ސޮލްމެކްސް ޖިއޯސިންތެޓިކްސްއިން ވަނީ ގޮނޑުދޮށާ ގާތުގައި ދިރިއުޅޭ ނާޒުކު މުޖުތަމައުތައް ހިމާޔަތްކުރުމަށް ގިނަ ހައްލުތަކެއް ހޯދައިދީފައިވާކަމަށެވެ. އަދި އެ ކުންފުނީގެ ޖިއޯބެގްތަކާއި، ޖިއޯޓިއުބް، އަދި ޖިއޯސިންތެޓިކް ސިސްޓަމްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާކަމަށާއި އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ރިސޯޓުތަކުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްގީކުރުމާއި، އަދި ވައިގެ ބަނދަރުތަކުގެ އުމްރާނީ ވަސީލަތްތައް ގާއިމުކުރުން ހިމެނޭކަަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުތުން. މި ހަރަކާތަކީ ސިޔާސަތު އެކުލަވާލާ ފަރާތްތަކަށާއި، ތަރައްގީގެ މަޝްރޫއުތައް ހިންގާ ފަރާތްތަކަށާއި، އިންޖިނިއަރުންނަށާއި، އަދި ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިޔާލު ހުށަހަޅާ ފަރާތްތަކާ ސީދާ ބައްދަލުކޮށް، ދިވެހިރާއްޖޭގެ ނާޒުކު ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް އަމަލީގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބުނު ފަހި ފުރުސަތެއް ކަމަށް ސަޕްލައި މެޓާސް ކުންފުނިން ފާހަގަކުރި އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ ޔުނިވާސިޓީއަށް 52 އަހަރު، ރައީސްގެ ތަހުނިޔާ!

ގައުމީ ޔުނިވާސިޓީއަށް 52 އަހަރު، ރައީސްގެ ތަހުނިޔާ!

317 ދުވަސް ކުރިން - 09:37

ޖީސީޑީ4އެފްއީގައި ރާއްޖެ ތަމްސީލުކުރި "ޓީމު މައިންޑްސްޕާކްލް" އަށް 3 ވަނަ، ރާއްޖެއަށް ފަހުރުވެރި ކާމިޔާބެއް

ޖީސީޑީ4އެފްއީގައި ޓީމު މައިންޑްސްޕާކްލްއަށް 3 ވަނަ

350 ދުވަސް ކުރިން - 10:33

ވިޔަފާރިކުރުމަށް ސަރުކާރުން ބައިމިލިއަނާއި ހަމަޔަށް މާލީ އެހީ ދެނީ

ވިޔަފާރިކުރުމަށް ސަރުކާރުން ބައިމިލިއަނާއި ހަމަޔަށް ފައިސާދެނީ

447 ދުވަސް ކުރިން - 20:52

ސިއްހީ ދާއިރާއަށް 1500 ދިވެހިން ތަމްރީނުކުރުމަށް ސޮއިކޮށްފި

ސިއްހީ ދާއިރާއިން 1500 ދިވެހިން ތަމްރީނުކުރުމަށް ސޮއިކޮށްފި

447 ދުވަސް ކުރިން - 20:49

ޤައުމީ ޔުނިވަރސިޓީގެ 4 ވަނަ ފޮތް މައުރަޒު ހުޅުވައިފި

ޤައުމީ ޔުނިވަރސިޓީގެ 4 ވަނަ ފޮތް މައުރަޒު ހުޅުވައިފި

671 ދުވަސް ކުރިން - 21:12