ޖީސީޑީ4އެފްއީގައި ރާއްޖެ ތަމްސީލުކުރި "ޓީމު މައިންޑްސްޕާކްލް" އަށް 3 ވަނަ، ރާއްޖެއަށް ފަހުރުވެރި ކާމިޔާބެއް

އާނާ ފަހީމް | 21 ދުވަސް ކުރިން - 30 ޖުލައި 2025 10:33
ޖީސީޑީ4އެފްއީ (GCD4FE) މުބާރާތުގައި، ދިވެހިރާއްޖެ ތަމްސީލުކުރި "ޓީމް މައިންޑްސްޕާކްލް"
ޖީސީޑީ4އެފްއީ (GCD4FE) މުބާރާތުގައި، ދިވެހިރާއްޖެ ތަމްސީލުކުރި "ޓީމް މައިންޑްސްޕާކްލް"
ޚުލާސާ

މިއީ ރާއްޖޭގެ "ޓީމް މައިންޑްސްޕާކްލް" އިން ޖީސީޑީ4އެފްއީގައި ރާއްޖެ ތަމްސީލުކުރި ދެވަނަ ފަހަރު.

ޖީސީޑީ4އެފްއީ (GCD4FE)ގެ 2025 ވަނަ އެޑިޝަންގެ ފައިނަލްގައި، ދިވެހިރާއްޖެ ތަމްސީލުކުރި "ޓީމް މައިންޑްސްޕާކްލް" އިން ތިންވަނަ ހޯދައިފިއެވެ. 

ޖީސީޑީ4އެފްއީ އަކީ ތައުލީމީ ދާއިރާގައި ޑިޒައިން ކުރުމުގެ މުސްތަގުބަލާ ގުޅޭ ގޮތުން ބޭއްވޭ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތެކެވެ. މި މުބާރާތަކީ ތައުލީމީ ދާއިރާގައި އާ އީޖާދުތަކާއި އުފެއްދުންތެރި ހިޔާލުތައް ހިއްސާކުރުމަށް މަގުފަހިކޮށްދޭ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާދަވެރި މައުރަޒެކެވެ. މިއީ މި މުބާރާތް ބާއްވާ އަށްވަނަ ފަހަރެވެ. މިއަހަރުގެ މުބާރާތުގައި 40 އަށްވުރެ ގިނަ ގައުމުތަކުގެ ޓީމުތައް ބައިވެރިވެއެވެ.

މިފަހަރުގެ ދުނިޔޭގެ ފައިނަލްގައި އެކި ގައުމުތަކުން 28 ޓީމު ވާދަކުރިއެވެ. ބައިވެރިވި ގައުމުތަކުގެ ތެރޭގައި ސްލޮވީނިއާ، ހޮންކޮންގް، ފިލިޕީންސް، ދިވެހިރާއްޖެ އަދި އިތުރު ގައުމުތައް ހިމެނެއެވެ. މިއީ ދިވެހިރާއްޖެއިން ޖީސީޑީ4އެފްއީގައި ބައިވެރިވި ދެވަނަ ފަހަރެވެ.

ރާއްޖެއަށް ވަނަ ހޯދައިދިން ޓީމް މައިންޑްސްޕާކްލްގައި ހިމެނެނީ އެމްއެންޔޫ، އަދި ވިލާ ކޮލެޖްގެ ފަސް ދިވެހި ދަރިވަރުންނެވެ. 2024 އަދި 2025 ވަނަ އަހަރުވެސް މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރީ މި ޓީމުންނެވެ. ދުނިޔޭގެ ފައިނަލްއަށް ހޮވުމަށްޓަކައި، ދެ އަހަރުވެސް ދިވެހިރާއްޖޭގައި ބޭއްވުނު ދެކުނު އޭޝިއާގެ ސަރަހައްދީ މުބާރާތުން ޓީމް މައިންޑްސްޕާކްލް ވަނީ ފަހުރުވެރި ކާމިޔާބީތަކެއް ހޯދާފައެވެ.

2024 ވަނަ އަހަރު، ދުނިޔޭގެ ފައިނަލްގައި ޓީމް މައިންޑްސްޕާކްލްއަށް ލިބުނީ އެންމެ މޮޅު ޑިޒައިންގެ އިނާމެވެ. މި ކާމިޔާބީގެ އިތުރަށް، މިއަހަރު ދުނިޔޭގެ ފައިނަލްގައި ޖުމްލަ ގޮތެއްގައި ތިންވަނަ ހޯދި މި ޓީމުން ވަނީ ދިވެހިރާއްޖެއަށް އިތުރު ފަހުރެއް ގެނެސްދީފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%