Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯސް އިއުލާންކޮށްފި

ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯސް އިއުލާންކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
387 ދުވަސް ކުރިން - 7 އޯގަސްޓް 2025 15:52
ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯސް އިއުލާންކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ތައުލީމީ ވުޒާރާ---
ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯސް އިއުލާންކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ތައުލީމީ ވުޒާރާ---
ޚުލާސާ

މި ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، އޭ ލެވަލް 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެމްއެންކިޔުއެފް ލެވަލް 4 ގެ ކޯހެއް ފުރިހަމަކޮށްފައިވުން ހިމެނޭ.

އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ކޯސް އިއުލާންކޮށްފި އެވެ.

އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ކޯސް އިއުލާންކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު އެވެ.

Advertisement

Advertisement 1

މިކަމާއި ގުޅިގެން ތައުލީމީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ޑިޕްލޮމާ ލެވެލްގެ މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އަދި ވިލާ ކޮލެޖް ގުޅިގެންނެވެ. މިއީ އެއް އަހަރުދުވަހުގެ މުއްދަތަށް ދެ ސެމިސްޓާއަކަށް ބަހާލައިގެން ކުރިއަށްގެންދާ ކޯހެއްކަމަށް ތައުލީމީ ވުޒާރާއިން ވަނީ ބުނެފަ އެވެ.

މި ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، އޭ ލެވަލް ދެ މާއްދާއިން ފާސްވެފައިވުން ނުވަތަ އެމްއެންކިޔުއެފް ލެވަލް ހަތަރެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން ހިމެނެ އެވެ. މިކޯހުގައި ބައިވެރިވާ ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާފައިވާއިރު ކޯހުގެ ކޮންމެ ބައިވެރިއަކަށް 1,500 ރުފިޔާގެ އެލަވަންސް އެއް ދިނުމަށް އެ ވުޒާރާއިން ވަނީ ނިންމާފަ އެވެ.

ތައުލީމީ ވުޒާރާއިން އިތުރަށް ބުނެފައިވާ ގޮތުގައި ކޮންމެ ޖިންސެއްގެ ކޮންމެ އުމުރުފުރައެއްގެ މީހަކަށް ވެސް މި ކޯހުގައި ބައިވެރިވެވޭނެ އެވެ.

ތައުލީމީ ވުޒާރާއިން އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ކޯސް އިއުލާންކޮށްފައި މިވަނީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ 600 މުދައްރިސުން ބޭނުންވާކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވަނީ މީގެ ކުރިން ވިދާޅުވެފައި ވަނިކޮށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ވިލާ ކޮލެޖް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

5 ދުވަސް ކުރިން - 20:25

8 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ބައިވެރިވުމަށް އެންއައިއީއިން ހުޅުވާލައިފި

އިންޓަނޭޝަނަލް މުދައްރިސުންގެ ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފި

10 ދުވަސް ކުރިން - 17:53

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

36 ދުވަސް ކުރިން - 15:44

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

137 ދުވަސް ކުރިން - 19:47

މޭ/ޖޫން އޭ-ލެވޭވެލް އަމިއްލަ ގޮތުން ހަދާ ދަރިވަރުންނަށް އިތުރު މުއްދަތެއް

ޕްރައިވެޓްކޮށް މޭ/ޖޫން އޭ-ލެވެލް ހެދުމުމަށް އިތުރު މުއްދަތެއް

156 ދުވަސް ކުރިން - 20:09

ހަ އަހަރަށް ފަހު ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

183 ދުވަސް ކުރިން - 13:49