Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަޖިލީހުގެ މިއަހަރުގެ 2 ވަނަ ދައުރު ނިންމާލައިފި

މަޖިލީހުގެ މިއަހަރުގެ 2 ވަނަ ދައުރު ނިންމާލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
376 ދުވަސް ކުރިން - 19 އޯގަސްޓް 2025 14:07
ރައްޔިތުންގެ މަޖިލިސް: ފޮޓޯ/ އިންޓަނެޓް---
ރައްޔިތުންގެ މަޖިލިސް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މިއަދު ބަހުސްކުރެވިގެން ދިޔައީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މީޑިއާތަކާއި ނޫސްވެރިކަން ރެގިއުލޭޓްކުރުމުގެ ބާރު މީޑިއާ ކޮމިޝަނަށް ލިބޭ ބިލަށް.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމާލާފައިވާއިރު މަޖިލިހުގެ މިއަދުގެ ޖަލްސާގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މީޑިއާތަކާއި ނޫސްވެރިކަން ރެގިއުލޭޓްކުރުމުގެ ބާރު މީޑިއާ ކޮމިޝަނަށް ލިބޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. މިބިލުގެ ސަބަބުން މިއަދުގެ ޖަލްސާ ވަނީ "ހޫނު ފެނަށް" ވެއްޓިފަ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މީޑިއާތަކާއި ނޫސްވެރިކަން ރެގިއުލޭޓްކުރުމުގެ ބާރު މީޑިއާ ކޮމިޝަނަށް ލިބޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ.

Advertisement

Advertisement 1

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ބަހުސް މިއަދަށް ނިންމާލަން ގަސްތުކުރައްވާކަމަށެވެ. މި ބިލު އިތުރަށް ދިރާސާކުރުމަށް ފުރުސަތު ދިނުމަށާއި، މެންބަރުންނަށް ބިލާ ގުޅޭގޮތުން ހަގީގަތުގެ މައްޗަށް ބިނާކޮށް ފުންކޮށް ވިސްނައި، މަޝްވަރާކުރުމަށް ވަގުތު ދިނުމުގެ ގޮތުން، މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސް ނިންމާލުމަށް ނިންމާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ މަޖިލީހުގެ މިދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ތަފްސީލަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން މި ދައުރުގައި 6 ބިލެއްގެ މަސައްކަތް ނިންމައި ފާސްކޮށްފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެބިލުތަކަކީ:

  1. ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނައި އިސްލާހު
  2. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނަށް ގެނައި އިސްލާހު
  3. ފެނާއި ނަރުދަމާގެ ގާނޫނަށް ގެނައި އިސްލާހު
  4. މޯލްޑިވްސް އެންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު
  5. އިންޝުއަރެންސް ބިލު
  6. ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ގެނައި އިސްލާހު

މިއަދު ބަހުސްކުރެވިގެން ދިޔައީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މީޑިއާތަކާއި ނޫސްވެރިކަން ރެގިއުލޭޓްކުރުމުގެ ބާރު މީޑިއާ ކޮމިޝަނަށް ލިބޭ ބިލަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު މި މަހުގެ 21ގެ ނިޔަލަށް ދަންމާލަން މަޖިލީހުން މީގެކުރިން ވަނީ ފާސްކޮށްފަ އެވެ. އެހެންނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މި މަހުގެ 15 ވަނަ ދުވަހަށް މި ދައުރު ނިމޭނެ އެވެ.

ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

3 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

3 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

5 ދުވަސް ކުރިން - 07:43