އިންޝުއަރެންސާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 2 ގަޑިއިރު ކުރިން - 18 އޯގަސްޓް 2025 14:44
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ އިންޓަނެޓް---
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް.

އިންޝުއަރެންސާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް އެވެ.

މި ބިލުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ހަރުދަނާކޮށް، ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމެވެ.

މި ބިލު ވަނީ ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއްވެސް ފަރާތަކުން އިންޝުއަރެންސް ކްލެއިމް ކުރުމުގައި ގަސްދުގައި ސައްހަނޫން މައުލޫމާތު ދީގެން ނާޖާއިޒު މަންފާއެއް ހޯދަން މަސައްކަތްކޮށް ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެނަމަ، 100,000 ރުފިޔާއާއި 5,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އަދި މީގެ އިތުރުން، އިންޝުއަރެންސް ބިލުގައި ހިމެނޭ މަނާ ކަމެއް ކުރުމުގެ ތުހުމަތުގައި އެ ފަރާތެއް ބަލައި ފާސްކުރުމަށް ހުރަސްއަޅައިފިނަމަ 75,000 ރުފިޔާއާއި 750,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%