Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސީއެސްސީގެ މެންބަރުކަމަށް އައްޔަނުކުރަން 6 ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅައިފި

ސީއެސްސީގެ މެންބަރުކަމަށް އައްޔަނުކުރަން 6 ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
296 ދުވަސް ކުރިން - 18 އޯގަސްޓް 2025 13:22
ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުން: ފޮޓޯ/ ސިވިލް ސާވިސް ކޮމިޝަން---
ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުން: ފޮޓޯ/ ސިވިލް ސާވިސް ކޮމިޝަން---
ޚުލާސާ

މި ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފަ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް އައްޔަނުކުރަން، ހަ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަނުކުރަން، ހަ ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވާފައި މިވަނީ ސީއެސްސީގެ ތިން މެންބަރެއްގެ ދައުރުގެ މުއްދަތު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހަށް ހަމަވާތީ އެވެ. ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަަޑައިގެންނެވި ހަ ބޭފުޅެއްގެ ނަންތައް މަޖިލީހަށް މިއަދު ވަނީ ފޮނުއްވައިފަ އެވެ.

ރައީސް މަޖިލީހަށް ފޮނުއްވި ހަ ބޭފުޅުންގެ ނަންތަކަކީ:

Advertisement

Advertisement 1
  1. މުހައްމަދު ނާސިހް
  2. ޑރ. ހުސައިން ފާއިޒް
  3. ޑރ. ދީބާ މުސާ
  4. ބަދުރިއްޔާ މުސާ
  5. ޑރ. ފާތިމަތު މުނާ
  6. އާމިނަތު އުއްމުކުލްސޫމް

މި ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފަ އެވެ.

ނާސިހު އިތުރު ދައުރަކަށް އައްޔަން ކުރަން ރައިސް ފޮނުއްވާފައިވާއިރު، އޭނާއަކީ މިވަގުތުވެސް ސީއެސްސީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބަވާ ބޭފުޅުންނަކީ މުހައްމަދު ނާސިހް، މުހައްމަދު މުޖްތާޒް، މުހައްމަދު ފަރުސަތު، ފާތިމަތު ޝަރީފްގެ އިތުރުން ފާތިމަތު ހަބީބާ އެވެ.

ރައްޔިތުންގެ މަޖިލިސްސިވިލް ސަރވިސް ކޮމިޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

5 ދުވަސް ކުރިން - 12:12

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

10 ދުވަސް ކުރިން - 10:21

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަނބުރާ ފޮނުއްވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް އަނބުރާ ފޮނުއްވައިފި

10 ދުވަސް ކުރިން - 02:25

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

10 ދުވަސް ކުރިން - 14:31

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

11 ދުވަސް ކުރިން - 00:50