ޕާކިސްތާނުގައި ފެންބޮޑުވެ 340 މީހުން މަރުވެ އެތައްހާސް ބަޔަކު ގެދޮރު ދޫކޮށްލައިފި

ޢަބްދުﷲ ޖުނައިދު | 4 ގަޑިއިރު ކުރިން - 18 އޯގަސްޓް 2025 09:52
ފޮޓޯ: ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައާއި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ޢިމާރާތެއް ވެއްޓިފައި / ފޮޓޯ: ރޮއިޓާސް
ފޮޓޯ: ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައާއި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ޢިމާރާތެއް ވެއްޓިފައި / ފޮޓޯ: ރޮއިޓާސް
ޚުލާސާ

ޕާކިސްތާނުގައި ފެން ބޮޑުވެ މަރުވި މީހުންގެ ޢަދަދު 340 އަށް އަރާއިރު، މީހުން ސަލާމަތްކުރުމަށް ވަނީ ދަތިވެފަ.

ޕާކިސްތާނަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ އިއްޔެގެ ނިޔަލަށް 340 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް އެ ޤައުމުން ބުނެފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޚައިބަރު ޕަޚްތުންޚްވާ އާއި ގިލްގިޓް-ބަލްޓިސްތާން ޕްރޮވިންސްތަކުގައި އެތައް ސަތޭކަ ބަޔަކު ޒަޚަމްވެ އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލިފައިވެއެވެ. 

މި ކާރިސާގައި ބައެއް ސަރަހައްދުތަކަށް ބަރާބަރު ގަޑިއެއްހާއިރުތެރޭ 150 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށާއި 207 މީހަކު މަރުވެ އެތައް ބަޔަކު ގެއްލުނު ކަމަށް ޚަބަރު ލިބެއެވެ.

ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެއްގަމާއި ވައިގެ މަގުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާއިރު، ވިއްސާރައާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ހިގަމުންދާތީ ސަލާމަތީ މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ވެސް ދަނީ ހުރަސްއެޅެމުން ކަމަށް އެ ޤައުމުން ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%