އިމާރާތެއްގެ ފާރު ވެއްޓި، ވެހިކަލްތަކަކަށް ގެއްލުންވެއްޖެ

އައިޝަތު ޝިފްނާ ހުސައިން | 3 ގަޑިއިރު ކުރިން - 16 އޯގަސްޓް 2025 16:02
މާލޭގެ އިމާރާތެއްގެ ފާރު ވެއްޓި ވެހިކަލްތަކަށް ގެއްލުން ލިބިފައި---ފޮޓޯ: އެމްވީ ކްރައިސިސް ވީޑިއޯ
މާލޭގެ އިމާރާތެއްގެ ފާރު ވެއްޓި ވެހިކަލްތަކަށް ގެއްލުން ލިބިފައި---ފޮޓޯ: އެމްވީ ކްރައިސިސް ވީޑިއޯ
ޚުލާސާ

މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޕާކިން ޒޯނެއްގެ ތެރެއަށް ވެއްޓިފައިވަނީ ބުރު ޕާކު ކައިރީގައި ހުރި ކުރީގެ އެޑިއުކޭޝަނަލް ޑިވެލޮޕްމެންޓް ސެންޓަރު ހިންގި އިމާރާތުގެ ފާރެއް.

މާލޭގެ އިމާރާތެއްގެ ފާރެއް ވެއްޓި ޖެހިގެން ހުރި އިމާރާތާއި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ގެއްލުން ލިބިއްޖެ އެވެ. 

ފުލުހުން ބުނީ މި ހާދިސާގައި ވެއްޓުނު އިމާރާތާއި ޖެހިގެން ހުރި އިމާރާތަށް ވެސް ގެއްލުން ލިބިފައިވާ ކަމަށާއި ޕާކުކޮށްފައި ހުރި ދެ ސައިކަލާއި ދެ ކާރަކަށް ގެއްލުންތަކެއް ލިބުނު ކަމަށެވެ. ނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޕާކިން ޒޯނެއްގެ ތެރެއަށް ވެއްޓިފައިވަނީ ބުރު ޕާކު ކައިރީގައި ހުރި ކުރީގެ އެޑިއުކޭޝަނަލް ޑިވެލޮޕްމެންޓް ސެންޓަރު ހިންގި އިމާރާތުގެ ފާރެކެވެ.

ފާރު ވެއްޓުމުގެ ސަބަބުން އެވަގުތު ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި ބައެއް ކާރުތަަކަށް ގެއްލުން ލިބިފައިވާ މަންޒަރު ފޮޓޯތަކުން ފެނިގެންދެއެވެ. ނަމަވެސް މި ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް އަދި ނޭގެ އެވެ.

ބާވެފައި ވެއްޓެން ކައިރިވެފައި ހުންނަ އިމާރާތްތައް ރައްކާތެރި ތަންތަނަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން އިމާރާތުގެ ނުވަތަ ގެތަކުގެ ވެރިންނަށް އަންގަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%