ބޭރުގެ 9 ޖަމިއްޔާއަކުން ރާއްޖެއަށް ރާއްޖެއަށް ޑްރަގް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ނުދިނުމަށް ގޮވާލައިފި

އައިޝަތު ޝިފްނާ ހުސައިން | 4 ގަޑިއިރު ކުރިން - 14 އޯގަސްޓް 2025 16:54
ފޮޓޯ:ބީސީއެފްޖޭ
ފޮޓޯ:ބީސީއެފްޖޭ
ޚުލާސާ

ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވަނީ މަރުގެ އަދަބު ފުޅާކުރުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ބަލައިނުގަތުމަށް އެ ޖަމިއްޔާތަކުން ގޮވާލައިފައި.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ނުދިނުމަށް ބޭރުގެ ނުވަ ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

މަރުގެ އަދަބު ތަންފީޒުކުރުމާ ދެކޮޅަށް ބަޔާނެއް ނެރުނު ބޭރުގެ ޖަމިއްޔާތަކުން، ކުރިން ވެސް ރާއްޖޭގައި މަރުގެ އަދަބު ދޭން ސަރުކާރުތަކުން ފެށި މަސައްކަތްތަކާ ދެކޮޅު ހަދައި އެކަން ތަންފީޒުނުކުރަން ގޮވާލައި ބަޔާން ނެރެފައި ވެ އެވެ.

މި ބަޔާން ނެރުނު ޖަމިއްޔާތަކުގެ ތެރޭގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، ގަދަރާއި އިއްޒަތް ގެއްލޭ ގޮތަށް ނެރުނު ރިޕޯޓަކާ ގުޅިގެން ރާއްޖޭގައި އުވާލާފައިވާ ޖަމިއްޔާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ހިމެނެ އެވެ. ސަރުކާރަށް ކުރިމަތިިވި ޕްރެޝަރުތަކާ ގުޅިގެން ރާއްޖެ އިން އެ ޖަމިއްޔާ ނޮވެމްބަރު، 5، 2019 ގައި އުވާލުމުން ހިންގަނީ ރާއްޖެ އިން ބޭރުގަ އެވެ.

ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވަނީ މަރުގެ އަދަބު ފުޅާކުރުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ބަލައިނުގަތުމަށް އެ ޖަމިއްޔާތަކުން ގޮވާލައިފައި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ފުލުހުންނާއި ޕީޖީ އޮފީސް އަދި ދައުލަތުގެ ކަމާ ގުޅޭ އެހެން އިދާރާތަކުން ވެސް މިހާރު ވަނީ މަޖިލިހަށް ކޮމެންޓުތައް ފޮނުވައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%