Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަންނަ ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް

އަންނަ ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް

އައިޝަތު ރުވާ ރިފްޢަތު
383 ދުވަސް ކުރިން - 13 އޯގަސްޓް 2025 09:30
ސްކޫލް ދަރިވަރުން / ފޮޓޯ: ޚުލާސާ
ސްކޫލް ދަރިވަރުން / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ބަދަލާއެކު، ދިރާސީ އަހަރު ކުރިން އޮތް ގޮތަށް ޖެނުއަރީ މަހު ފަށާ ގޮތަށް ވަނީ ހަމަޖެހިފައި.

އަންނަ ދިރާސީ އާ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ފެށޭ ގޮތަށް ހަމަޖެއްސުމަށްފަހު، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަގުތީ އެކަޑެމިކް ކަލަންޑަރު ނެރެފި އެވެ. މި ބަދަލާއެކު، ދިރާސީ އަހަރު ކުރިން އޮތް ގޮތަށް ޖެނުއަރީ މަހު ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ނިމިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ވަނީ ދިރާސީ އަހަރު، މިލާދީ އަހަރުގެ މެދުތެރޭގައި (އޯގަސްޓް މަހު) ފަށާގޮތަށް ބަދަލު ގެނެސް، ބޮޑު ޗުއްޓީ ޖޫން/ޖުލައި މަހަށް ބަދަލުކުރައްވާފަ އެވެ. ރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހު އެވެ. މި ބަދަލާއެކު، ދިވެހި ދައުލަތަށް 1.5 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނުކަމަށް ތަޢުލީމީ ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެމަނިކުފާނުގެ އަރިހުގައި ގިނަ ބަޔަކު އެދުނު އެއްކަމަކީ، ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ބަދަލުކޮށް ދިނުމަށެވެ. އެއާއެކު، ރައީސް މުއިއްޒު ވަނީ ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށް، ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހަށް ފަށާގޮތަށް ނިންމަވާފަ އެވެ.

Advertisement

Advertisement 1

ތަޢުލީމީ ވުޒާރާއިން މިހާރު ވަނީ އަންނަ އަހަރުގެ ވަގުތީ އެކަޑެމިކް ކަލަންޑަރު ނެރެފައެވެ. މިގޮތުން، އަންނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. އަދި ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 އަށް ލިބޭއިރު، ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17 އިން އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާ ހަމައަށެވެ.

އެކަޑެމިކް ކަލަންޑަރުގައި ވާގޮތުން، ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރު އޯގަސްޓް މަހުގެ ދެވަނަ ދުވަހު ފަށާއިރު، ދެވަނަ ޓާމްގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާއި ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ވަނަ ދުވަހު އެވެ.

މިފަހަރުގެ ކަލަންޑަރުގައި ވަނީ އަލަށް ސްކޫލަށް ދަރިވަރުން ވައްދާ ތާރީޚާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރެވޭނެ މުއްދަތުވެސް ހިމަނާފަ އެވެ. އެގޮތުން، މެއި މަހުގެ 17 އިން ޖޫން 15 ހަމައަށް މުއްދަތެއް ހިމަނާފައިވާއިރު، އޮކްޓޫބަރު 18 އިން ނޮވެމްބަރު 17 އާ ދެމެދު އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގެ ފުރުޞަތު ދިނުމަށް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، އަންނަ އަހަރު އަލަށް ސްކޫލަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ޖުލައި 12 އިން އޯގަސްޓް 31 އާ ހަމައަށެވެ.

އަންނަ އަހަރުގެ ކަލަންޑަރުގައި ސްކޫލުގައި ކިޔަވައިދޭނެ ދުވަސްތަކާއި، އެއް ދަންފަޅީގައި ކިޔަވައިދޭނެ ދުވަސްތައް ވަނީ ވަކިކޮށްފަ އެވެ. އަދި ކުޑަކުދިންގެ ދުވަހާއި ޓީޗަރުންގެ ދުވަހަކީ އެއް ދަންފަޅީގައި ކިޔަވައިދޭ ދުވަސްތައް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

8 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ބައިވެރިވުމަށް އެންއައިއީއިން ހުޅުވާލައިފި

އިންޓަނޭޝަނަލް މުދައްރިސުންގެ ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފި

12 ދުވަސް ކުރިން - 17:53

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

38 ދުވަސް ކުރިން - 15:44

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

139 ދުވަސް ކުރިން - 19:47

މޭ/ޖޫން އޭ-ލެވޭވެލް އަމިއްލަ ގޮތުން ހަދާ ދަރިވަރުންނަށް އިތުރު މުއްދަތެއް

ޕްރައިވެޓްކޮށް މޭ/ޖޫން އޭ-ލެވެލް ހެދުމުމަށް އިތުރު މުއްދަތެއް

158 ދުވަސް ކުރިން - 20:09

ހަ އަހަރަށް ފަހު ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

185 ދުވަސް ކުރިން - 13:49

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

196 ދުވަސް ކުރިން - 10:17